logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

އައިޝަތު ނަޝާ
27 ނޮވެމްބަރު 2025 - 08:24
 ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

މި އަަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި، ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

އޭނާއަށް މަރުހަބާ ކިޔާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީއާއި ވިޒިޓް މޯލްޑިވްސް ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ، އިނގިރޭސިވިލާތަށް ނިސްބަތްވާ ބެތަނީ ސާރާ ކާސްވެލްއެވެ. އޭނާ ރާއްޖެ ޒިޔާރާތްކުރީ، އޭނާގެ ފިރިމީހާއެކު، ހަނީމޫނަށެވެ.

ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ ޒިޔާރާތްކުރިއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އެ އަމާޒަށް ވާސިލުވާން އަދި، ތިން ލައްކަ ފަތުރުވެރިން ރާއްޖެ ގެންނަން ޖެހެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު ދުވާލަކު އެވަރެޖުކޮށް 6،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ.

އެގޮތުން، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިން ކަމަށްވާއިރު، އެ ގައުމުން އެކަނި ތިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ، ރަޝިއާއިންނެވެ. އެ ގައުމުން ޒިޔާރަތް ކުރީ، ދެ ލައްކަ ފަތުރުވެރިންނެވެ.

އިނގިރޭސިވިލާތަކީ ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުކަމަށްވާއިރު، އެ ގައުމުން 177،900އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިޚަބަރު | 14 ދުވަސް ކުރިންވީއައިއޭގެ އައު ޓާމިނަލުގައި ދިވެހިންނަށް އީގޭޓުގެ ޚިދުމަތް ފަށައިފިޚަބަރު | 14 ދުވަސް ކުރިންވީއައިއޭގެ އައު ޓާމިނަލުން ހައިސްކައި އަށް ޚިދުމަތްދޭން ފަށައިފިޚަބަރު | 18 ދުވަސް ކުރިންޓާމިނަލް 1ގެ ޑިއުޓީ ފްރީ ޖާގަ އެއްކޮށް ބޭނުންކުރަން ފަށައިފިޚަބަރު | 21 ދުވަސް ކުރިން