logo
Bank of Maldives

Bank of Maldives

ޚަބަރު

ޓާމިނަލް 1ގެ ޑިއުޓީ ފްރީ ޖާގަ އެއްކޮށް ބޭނުންކުރަން ފަށައިފި

އައިޝަތު ނަޝާ
24 ޑިސެމްބަރު 2025 - 07:46
ޓާމިނަލް 1ގެ ޑިއުޓީ ފްރީ ޖާގަ އެއްކޮށް ބޭނުންކުރަން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 ގެ ޑިއުޓީ ފްރީ ޖާގަ އެއްކޮށް ބޭނުންކުރަން ފަށައިފިއެވެ.

އައު ޓާމިނަލްގެ ޚިދުމަތް ފެށިއިރު، ޑިއުޓީ ފްރީ ސަރަޙައްދު އެއްކޮށް ހުޅުވާފައިނުވާއިރު، އެކި އެއާލައިންތަކުގެ އޮޕަރޭޝަންތައް އައު ޓާމިނަލަށް ބަދަލުވަމުންދިޔަ ވަރަކަށް ޑިއުޓީ ފްރީގައި ހިމެނޭ ފިހާރަތައްވެސް ދިޔައީ އިތުރުކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައު ޓާމިނަލާއެކު ޑިއުޓީ ފްރީއަށް ދޫކުރާ ޖާގަ ތިންގުނަ އިތުރުކުރެވިފައިވާއިރު، ގާތްގަނޑަކަށް 13،000 އަކަފޫޓުގެ އެ ޓާމިނަލްގެ 4،000 އަކަފޫޓު ޚާއްޞަކޮށްފައިވަނީ ޑިއުޓީ ފްރީއަށެވެ.

އެމްއޭސީއެލްއިން ކުރިން ހާމަކޮށްފައިވާގޮތުގައި، މި އައު ޑިއުޓީ ފްރީއާއެކު ދުނިޔޭގެ މަޝްހޫރު އަދި އަގުބޮޑު ބްރޭންޑްތަކުގެ އުފެއްދުންތައް ކުރިއަށްވުރެ ފުޅާދާއިރާއެއްގައި ފަސިންޖަރުންނަށް ލިބިގެންދާނެއެވެ. އެއާއެކު، ޑިއުޓީ ފްރީގެ އިތުރުން ބައެއް ބްރޭންޑްތަކަށް ޙާއްޞަ ބުޓީކް ފިހާރަަތައްވެސް ޓާމިނަލްގައި ހުންނާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، ޑިއުޓީ ފްރީގެ ހުރިހާ ފިހާރައެއް އައު ޓާމިނަލަށް މިހާރު ބަދަލުކޮށްފައިވާއިރު މާދަމާ އެތަން ރަސްމީކޮށް ހުޅުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓާމިނަލް 1ގެ ޑިއުޓީ ފްރީ ޖާގަ އެއްކޮށް ބޭނުންކުރަން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން142 ދުވަހުން، ވީއައިއޭގެ ހިތްގައިމު ޓަރމިނަލްގެ ތަޖުރިބާ ބައިލައްކަ މީހުންނަށް!ރިޕޯޓް | 2 ދުވަސް ކުރިންވީއައިއޭގެ ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތްދޭން ފަށައިފިޚަބަރު | 8 ދުވަސް ކުރިންޑިސްކަވަރ އެއަރލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތަށް ފަށައިފިޚަބަރު | 10 ދުވަސް ކުރިން