logo
MPL

MPL

ޚަބަރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލެއް ގެނެސްފި

މުޙައްމަދު އަފްރާޙް
25 މާރިޗު 2026 - 05:43
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލެއް ގެނެސްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލެއް ގެނެސްފިއެވެ.

އެމްއޭސީއެލް އިން ބުނީ މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ނެގެވިފައިވާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާރމިނަލް 2 ބޭނުންކުރައްވާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން 25 މާރިޗް 2026 ގެ ހެނދުނު 10.00 އިން ފެށިގެން، ޓަރމިނަލް 2 ގެ ކުރިމަތިން އެވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްކަމުގައި ކަނޑައެޅިފައިވާކަމަށް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކުންފުނިން ބުނީ މި އިންތިޒާމުގެ ދަށުން ޓަރމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ. އަދި މި ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށެވެ.

މީގެއިތުރުން ޓަރމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ސަރަހައްދު ކަަމަށާއި މި ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާނެކަމަށް ވަނީ ބުނެފައެވެ.

މި ގެނެވުނު ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި އެކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީވިޔަފާރި | 15 ދުވަސް ކުރިންބޮމެއް އޮތޭ ބުނީ މަޖަލަކަށް، އަދަބަކަށް ފަސް ދުވަހުގެ ބަންދެއްޚަބަރު | 2 މަސް ކުރިންއިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފިވިޔަފާރި | 2 މަސް ކުރިންމިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް 1.62 މިލިއަން ފަސިންޖަރުންޚަބަރު | 2 މަސް ކުރިން