logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ބައްދަލުވުންތަކަށް ކުރިން ސުވާލު ހުށަހަޅާކަށް ނުޖެހޭނެ: ހީނާ

އާމިނަތު ޝަފާ
28 ނޮވެމްބަރު 2025 - 06:16
ރައީސްގެ ބައްދަލުވުންތަކަށް ކުރިން ސުވާލު ހުށަހަޅާކަށް ނުޖެހޭނެ: ހީނާ

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަމުން އަންނަ ބައްދަލުވުންތަކަށް ކުރިއާލާ ސުވާލުތައް ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ  ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށެވެ. މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާކަންކަމާއިބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައިކަން ތަރުޖަމާނު ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ އެއުޞޫލުގެ ތެރެއިންކަމަށާއި އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ޙިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވައި ރައީސް އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލެ ރައްޔިތުންނާއެވެ. އޭގެ ފަހުން މައްޗަންގޯޅިގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވިއެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި މި ފެށޭ ހަފްތާގެ ބުރާސްފަތިދުވަހު އެމަނިކުފާނު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ސުވާލެއް ނުވަތަ ޚިޔާލެއް ހުށަހެޅުމުގެ ފުރުސަތު އަންނަނީ ފަހިކޮށްދެއްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ މަސައްކަތްތެރިއެއްގެ ޚިދުމަތް ޤައުމަށް މުހިއްމު: ވަޒީރު ހީނާޚަބަރު | 3 ގަޑިއިރު ކުރިންމާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް ހީވާގި މަސައްކަތްތެރީންނަށް: ރައީސްޚަބަރު | 10 ގަޑިއިރު ކުރިންމަސައްކަތްތެރިންނަށްޓަކައި މި ސަރުކާރުން ވަށައިޖެހޭ އަދުލުވެރި ސިޔާސަތުތަކާއެކު ބޮޑު ކުރިއެރުމެއްރިޕޯޓް | 13 ގަޑިއިރު ކުރިންމަސައްކަތްތެރީންނަށްޓަކައި މި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއް: ރައީސްޚަބަރު | 15 ގަޑިއިރު ކުރިން