logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލަސްޠީނުގެ ހައްގުތައް ހޯދައިދިނުމަށް އަމަލީގޮތުން މަސައްކަތް ކުރުމަށް ރައީސްގެ އިލްތިމާސް

އިސްމާޢިލް ރާތިޢު
29 ނޮވެމްބަރު 2025 - 10:10
ފަލަސްޠީނުގެ ހައްގުތައް ހޯދައިދިނުމަށް އަމަލީގޮތުން މަސައްކަތް ކުރުމަށް ރައީސްގެ އިލްތިމާސް

ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ތިބިކަން ޢަމަލީގޮތުން ދައްކުވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެެވެ.


 

Ad by Hajj Corporation

Ad by Hajj Corporation


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފަލަސްޠީނު ރައްޔިތުންނާއެކު އެއްބައިވައްތަކަން ހާމަކުރުމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ފަލަސްޠީނުގެ ބިމުގައި ހާލަތު އޮތީ އަދިވެސް ގޯސްކޮށް ކަމަށެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ޙަމަލާތައް ދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހުޅުގަނގު އަސޭރީގެ އިތުރު ބިންތައް ހިފާ، ޔަހޫދީން އާބާދު ކުރުވުމާއި ފަލަސްޠީނުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ހަމަޖެހުން ޤާއިމްކޮށް އިޤްތިޞާދީ ގޮތުން ފާގަތިކަން ހޯދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާލަތުގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ތިބިކަން ޢަމަލީ ގޮތުން ދައްކުވައި ދިނުމަށް ގޮވާލައްވާ އެކުގައި މަސައްކަތްކޮށް މާނަހުރި ފިޔަޅުތައްކެއް އެޅުމަށް ގޮވާލައްވާފައެވެ. މިކަމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށް އެ ޤައުމުގެ ރައްޔިތުނުންގެ އުއްމީދުތައް ހާސިލްކުރުމަށް ކުރަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ،

އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ ދިވެހިން ފަލަސްޠީނާއެކު ދެމި ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކޮށް 1967 ގެ ކުރީގެ ބޯޑަރުތަކަށް ރުޖޫޢަވެ، އިރުމަތީ ޤުދުސްއަކީ އެޤައުމުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު، އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ އދ. އާންމު މަޖިލީހުން 1977 ގައި މި ދުވަސް ފާހަގަކުރުމަށް ނިންމައިގެންނެވެ. އެގޮތުން މެންބަރު ޤައުމުތަކުން މިކަމުގައި ވީހާވެސް ބޮޑަށް ބައިވެ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރުމަކީ އދ. މި ދުވަސް ފާހަގަކުރުމަށް ނިންމުމުގެ މަޤްޞަދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުހައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސް އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންސިންގަޕޫރުގައި ގަނާކުރާ ސްކޫލްކުދިންނަށް ދަނޑިން ޖެހުމުގެ އަދަބުދެނީދުނިޔެ | 13 ގަޑިއިރު ކުރިންމޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގެ ސަބަބުން އިންވެސްޓަރުންގެ ސަމާލުކަން ރާއްޖެއަށްޚަބަރު | 2 ދުވަސް ކުރިންފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 3 ދުވަސް ކުރިން