logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

"ސިލޯނާއެކު ދިވެހީން": 7 ގަޑިއިރު ތެރޭ 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 12،000 އަށްވުރެ ގިނަ ޑޮލަރު

އައިޝަތު ނަޝާ
30 ނޮވެމްބަރު 2025 - 10:15
"ސިލޯނާއެކު ދިވެހީން": 7 ގަޑިއިރު ތެރޭ 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 12،000 އަށްވުރެ ގިނަ ޑޮލަރު

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޓެލެތޯން ފެށިތާ ހަތް ގަޑިއިރު ވިއިރު، 1.3 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 12،000 އަށްވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ލިބިއްޖެއެވެ.

"ސިލޯނާއެކު ދިވެހީން" ޓެލެތޯން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9 އަކުން މިރޭ މެންދަމު 1 ޖެހުމާ ހަމައަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު މެންދުރުފަހު 15:45 އާ ހަމައަށް މި ޓެލެެތޯން މެދުވެރިށް އެހީގެ ގޮތުގައި 1،309،954ރ ލިބިފައިވެއެވެ. އަދި 12،032 ޑޮލަރު ވެސް އެހީގެ ގޮތުގައި ލިބިފައިވެއެވެ.

މި ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްއިން މި ޓެލެތޯނަށް ހާއްސަަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓް (7730000796107) އަދި ޓެލެތޯނަށް ހާއަސަ ކޮށްފައިވާ ޑޮލަރ އެކައުންޓް (7730000796106) އަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މި ޓެލެތޯނުގައި ބީއެމްއެލްއިން ހުޅުވާފަައިވާ ދިވެހި ރުފިޔާ އެކައުންޓަށް އަދި ޑޮލަރު އެކައުންޓަށް ޓްރާންސްފާކޮށް ފައިސާ ޖަމާކުރެވޭއިރު، ބީއެމްއެލް މޯބައިލް އިންޓަނެޓް ބޭންކިން އެޕު މެދުވެރިކޮށް ކިއުއާރް ކޯޓު ބޭނުންކޮށްގެން ފައިސާ ޖަމާކުރެވޭނެއެވެ. 

މި މަހުގެ 26 ވަނަ ދުވަހުގެ ސްރީލަންކާއަށް ކުރިމަތިވި ތޫފާނު ދީތުވާގައި އެ ގައުމަށް ގަދައަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 150 އަށްވުރެ ގިނަ މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ގެއްލިފައިވެއެވެ.

މި ކާރިސާއާ ގުޅިގެން ލަންކާއިންވަނީ ބައިނަލްއަގުވާމީ މުޖުތަމައާއި އަވައްޓެރި އެކުވެރި ގައުމުތަކުގެ އެހީތެރިކަމަށް އެދިފައެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްރީލަންކާގައި ދިވެހި އައިޑެންޓިޓީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ފަށައިފިޚަބަރު | މަހެއް ކުރިންލަންކާގައި އުޅޭ ދިވެހިން އެ ޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފިޚަބަރު | މަހެއް ކުރިންޓެލެތޯން މެދުވެރިކޮށް ދިވެހިންވީ ލާމަސީލު އެހީ ލަންކާއާ ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންރާއްޖެއިންވީ އެހީތެރިކަން ފާހަގަކޮށް، ސްރީލަންކާގެ ރައްޔިތުން އެއްވުމެއްް ބާއްވައިފިޚަބަރު | މަހެއް ކުރިން