logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޑިސެމްބަރު 2025 - 19:26
ލަންކާގައި އުޅޭ ދިވެހިން އެ ޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފި

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ކުރިމަތިވި ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ފަރާތުން އެ ޤައުމުގެ ހާލުގައި ޖެހުނު ރައްޔިތުންނަށް ބޭނުންތެރި އަސާސީ ސާމާނުގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނޮވެންބަރު 28 ވަނަ ދުވަހު ސްރީލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން އެ ޤައުމުގެ ތިންބައިކުޅަ އެއްބިމަށް ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ރިޕޯޓުތައް ބުނާގޮތުން، މި ފެންބޮޑުވުމުގެ ހާދިސާތަކުގައި 500 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެފައިވެއެވެ. މިފަދަ ނުރައްކާތެރި ކާރިސާއެއްގައި ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިރާއްޖެއިން ދަނީ ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެހީތެރިކަމުގެ ތެރޭގައި، ސްރީލަންކާގައި ގާއިމުވެ ތިބި ދިވެހި ރައްޔިތުންގެ ކޮމިއުނިޓީގެ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން، ދިވެހި ހައިކޮމިޝަންގެ އެހީތެރިކަމާއެކު، ޖުމްލަ 78 ފޮށީގެ އަސާސީ ސާމާނު ހިމެނޭ އެހީތެރިކަން އެ ކޮމިއުނިޓީން ވަނީ ލަންކާގެ ހާލުގައި ޖެހުނު ފަރާތްތަކަށް ފޯރުކޮށްދީފައެވެ. މިއީ، ލަންކާގައި ދިރިއުޅޭ ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުންވެސް ލަންކާއަށް ބޮޑެތި އެހީތަކެއް ވަނީ ފޯރުކޮށްދީފައެވެ. ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވި 50،000 ޑޮލަރުގެ ފައިސާ ވަނީ ލަންކާ ސަރުކާރާ މިހާރު ޙަވާލުކޮށްފައެވެ. މީގެ އިތުރުން، ސަރުކާރުން ލަންކާއަށް ހަދިޔާކުރާ 25،000 މަސްދަޅު ކޭސްވެސް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. އަދި މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީވުމަށް 800،000 ޑޮލަރުގެ ބޮޑު އެހީއެއް ވަނީ ހަދިޔާކޮށްފައެވެ.

ސްރީލަންކާއަކީ، ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. މިފަދަ ކާރިސާގެ ދަނޑިވަޅެއްގައި ދިވެހިންގެ ފަރާތުން ފޯރުކޮށްދެވޭ އެހީތެރިކަމަކީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ކަމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާގައި އުޅޭ ދިވެހިން އެ ޤައުމުގެ ރައްޔިތުންނަށް އަސާސީ ސާމާނު ހަދިޔާކޮށްފިޚަބަރު | ގަޑިއިރެއް ކުރިންޓެލެތޯން މެދުވެރިކޮށް ދިވެހިންވީ ލާމަސީލު އެހީ ލަންކާއާ ހަވާލުކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންރާއްޖެއިންވީ އެހީތެރިކަން ފާހަގަކޮށް، ސްރީލަންކާގެ ރައްޔިތުން އެއްވުމެއްް ބާއްވައިފިޚަބަރު | ދުވަހެއް ކުރިންަދިވެހި ސަރުކާރުން ދިން 50،000 ޑޮލަރު، ލަންކާގެ ސަރުކާރާ ހަވާލުކޮށްފިޚަބަރު | 4 ދުވަސް ކުރިން