logo
Bank of Maldives

Bank of Maldives

ޚަބަރު

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ލައިން ތައާރަފްކުރުމުގެ މަސައްކަތް ކުރިއަށް

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2024 - 07:51
ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ލައިން ތައާރަފްކުރުމުގެ މަސައްކަތުގެ ތެރެއިން// ފޮޓޯ: ހޯމް މިނިސްޓްރީ
ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ލައިން ތައާރަފްކުރުމުގެ މަސައްކަތުގެ ތެރެއިން// ފޮޓޯ: ހޯމް މިނިސްޓްރީ

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ލައިން 911 ތައާރަފްކުރުމުގެ މަސައްކަތް މިހާރުވެސް ބާރުމިނުގައި ކުރިއަށްދާކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޝޯޓްކޯޑް ލައިނެއް ޤާއިމްކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއިއެކު މިފަހުންވެސް މަޝްވަރާކުރައްވައިފައިވާއިރު މިއަހަރު ނިމުމުގެ ކުރިން ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ލައިން 911 ތައާރަފްކުރުމަކީ ދާހިލީ ވުޒާރާގެ އަމާޒެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ހެލްތު މިނިސްޓްރީއާއި ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުން އަންނަ މަަސައްކަތެކެވެ.

ރައްޔިތުންނަށް ދިމާވާ އިމަޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުންނެވެ.

މި ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

ކުއްލި ހާލަތްތަކުގައި ގުޅުމަށް އިމަޖެންސީ ނަންބަރެއްގެ ގޮތުގައި މިހާރުވެސް ގިނަ ގައުމުތަކުގައި 911 ބޭނުންކުރަމުންދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިހެބިލިޓޭޝަން ސެންޓަރުތަކުން 1200 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުން: އެންޑީއޭޚަބަރު | މަހެއް ކުރިންއިއްޔެ އަތުލައިގަތް 18 ކިލޯ މަސްތުވާތަކެތި ބަލައި ދިޔަ ބިދޭސީ މީހާ ހައްޔަރުކޮށްފިޚަބަރު | 5 މަސް ކުރިން ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 5 މަސް ކުރިންމޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާންޚަބަރު | 6 މަސް ކުރިން