logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެލްސީގެ ޔޫރަޕިއަން ޓްރޮފީތައް އާސެނަލް އަށް ދައްކާލި މެޗުގައި އެކަކު މަދުކޮށް މެޗު އެއްވަރުކޮށްފި

އަބްދުﷲ ޣާނިމް
30 ނޮވެމްބަރު 2025 - 18:36
ޗެލްސީގެ ޔޫރަޕިއަން ޓްރޮފީތައް އާސެނަލް އަށް ދައްކާލި މެޗުގައި އެކަކު މަދުކޮށް މެޗު އެއްވަރުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ ދަނޑު، ސްޓެމްފޯޑް ބްރިޖްގައި ކުޅުނު ހޫނު މެޗުގައި ޗެލްސީ އާއި އާސެނަލް 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. މިމެޗު ފެށުމުގެ ކުރިން ޗެލްސީއިން ވަނީ އާސެނަލްގެ ޓީމަށް އެޓީމު ހޯދާފައިވާ އިންޓަރނޭޝަނަލް ޓްރޮފީތައް ބޮޑު ބެނާއަކުން ދައްކާލާފައެވެ.

ފޯރިގަދަ އަދި ހަމަނުޖެހުން ގިނަ މި މެޗުގައި ޖުމްލަ 7 ރީނދޫކާޑެއް ވަނީ ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ބޭރުކޮށްލާފައެވެ. ނަތީޖާއެއްގެ ގޮތުން ޗެލްސީ އަށް ޖެހުނީ މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅޭށެވެ. މިމެޗުގައި މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ޗެލްސީގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-11-30 234544.png

 

އެކަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ޗެލްސީން ވަނީ ދެވަނަ ހާފް ފެށިތަނާހެން ލީޑު ނަގާފައެވެ. މެޗުގެ 48 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރު ޓްރެވޯ ޗަލޯބާ ވަނީ ކޯނަރަކުން ގޯލެއް ޖަހައި ޗެލްސީ އަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް އާސެނަލް އިން ވަގުތު ނުދީ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ސަކާގެ ހުރަހަކުން މިކެލް މެރީނޯ ވަނީ އާސެނަލް އަށް އެއްވަރުކޮށްދިން ގޯލު ކާމިޔާބުކޮށްފައެވެ.

ދެ ޓީމުން ވެސް މެޗު ކާމިޔާބުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އިތުރު ގޯލެއް ނުޖެހި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ.

މި އެއްވަރުވުމާއެކު އާސެނަލް ވަނީ ޕްރިމިއާ ލީގުގައި ބަލިނުވެ ދެމިއޮތް މެޗުތަކުގެ އަދަދު 10 އަށް އިތުރުކޮށްފައެވެ. އަދި އެ ޓީމު މިހާރު ވެސް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ގާތުން ވާދަކުރާ ސިޓީއަށްވުރެ ފަސް ޕޮއިންޓު ކުރީގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރުގަދަ އިންޓަމިލާން ބަލިކޮށް އާސެނަލް އިން ޔޫރަޕުގެ ހަމައެކަނި ބަލިނުވާ ޓީމުގެ ރެކޯޑް ކުރިޔަށްކުޅިވަރު | 2 ދުވަސް ކުރިންޗެލްސީ ބަލިކޮށް އާސެނަލް އިނގިރޭސި ލީގުކަޕްގެ ފައިނަލުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 8 ދުވަސް ކުރިންއެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށްކުޅިވަރު | 11 ދުވަސް ކުރިންވެސްޓް ލަންޑަން ޑާބީގައި ފުލަމްއިން ފަހު ވަގުތު ޗެލްސީ ބަލިކޮށްފިކުޅިވަރު | 15 ދުވަސް ކުރިން