logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖެހިޖެހިގެން ތިންމެޗުން އެއްވަރުވެ ތާވަލުގެ ދެވަނައަށްވެއްޓި މެޑްރިޑްގެ ސަޕޯޓަރުން ހަރަށް ވަދއއްޖެ

އަބްދުﷲ ޣާނިމް
1 ޑިސެމްބަރު 2025 - 04:23
ޖެހިޖެހިގެން ތިންމެޗުން އެއްވަރުވެ ތާވަލުގެ ދެވަނައަށްވެއްޓި މެޑްރިޑްގެ ސަޕޯޓަރުން ހަރަށް ވަދއއްޖެ

ސްޕެއިންގެ ލަލީގާގައި ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ޖެހިޖެހިގެން ލީގުގައި ތިންމެޗުން ބަލިވެ ތާވަލުގެ އެއްވަނަ މަޤާމް ގެއްލިއްޖެއެވެ. ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑް ވަނީ ޖިރޯނާއާ 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. . މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް ވަނީ ވާދަވެރި ބާސެލޯނާއަށްވުރެ އެއް ޕޮއިންޓް ފަހަތަށް ޖެހި، ލީގު ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. މިކަމާ ގުޅިގެން މެޑްރިޑްގެ ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ހިތްހަމަނުޖެހުމެއް އުފެދި ސޯސަލް މީޑިޔާތަކުން ފިލާފައެވެ،

އެސްޓާޑީ މުނިސިޕަލް ޑެ މޮންޓިލިވީގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނެޓުގައި ޒާބީ އަލޮންސޯގެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއް ނުވެއެވެ. ޖިރޯނާގެ ޑިފެންސަށް ދަތިތަކެއް ކުރިމަތިވި މި ވަގުތު ކީލިއަން އެމްބާޕޭ ދެ ފަހަރެއްގެ މަތިން ބޯޅަ ބޭރަށް ޖަހާލިއިރު، ވީނީޝިއަސް ޖޫނިއަރ 23 ވަނަ މިނެޓުގައި ޖަހާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. އެޑާ މިލިޓާއޯ ބޮލުން ޖަހާލި ހަމަލާއެއް ޕައުލޯ ގައްޒަނިގާ ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފް ނިމުމުގެ ފަސް މިނެޓް ކުރިން އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެއީ ހޭންޑްބޯލެއް ކަމަށް ނިންމައި އެ ލަނޑު ބާތިލުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފުރުސަތުގެ ބޭނުން ޖިރޯނާއިން ހިފީ ފުރަތަމަ ހާފް ނިމުމުގެ ކުރިންނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އަޒެދީން އޫނާހީ، ގޯލުގެ މަތީ ކަނަށް ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. ދެވަނަ ހާފްގައި ރެއާލް މެޑްރިޑުން 61 ވަނަ މިނެޓުގައި ވީނީޝިއަސް މެދުވެރިކޮށް ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ވެސް ބާތިލުކުރީ އޮފްސައިޑްގެ ސަބަބުންނެވެ. ނަމަވެސް، މާ ގިނައިރުތަކެއް ނުވެ ހޫގޯ ރިންކޯން، ވީނީޝިއަސް އަށް ފައުލުކުރުމުން ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ.

މެޗުގެ ފަހުކޮޅުގައި ރެއާލް މެޑްރިޑުން ވަނީ މޮޅުވުމަށް ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ވީނީޝިއަސް އާއި އެމްބާޕޭއަށް އެކަނި ވެސް ފަހު މިނެޓްތަކުގައި ފަސް ފުރުސަތު ގެއްލުނެވެ. މެޗުގެ އެންމެ ފަހު ހަމަލާގައި އެމްބާޕޭ ޖަހާލި ބޯޅަ ދިޔައީ ގޯލާ ކައިރިން ބޭރަށެވެ. މެޗުގެ ނަތީޖާއަށް ބަލާއިރު، ރެއާލް މެޑްރިޑުން ޖުމްލަ 25 ހަމަލާ ފޮނުވާލިއިރު، އޭގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ ހަތަރު ހަމަލާއެވެ. މި

މިނަތީޖާއާއެކު ބޮޑު ތަފާތަކުން މީގެ އެއްމަސްކުރިން ދެވަނައިގައޮތް ބާސެލޯނާ މިވަގުތު އޮތީ ރެއާލް އަށްވުރެ އެއްޕޮއިންޓް ކުރީގައި އެއްވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖެހިޖެހިގެން ތިންމެޗުން އެއްވަރުވެ ތާވަލުގެ ދެވަނައަށްވެއްޓި މެޑްރިޑްގެ ސަޕޯޓަރުން ހަރަށް ވަދއއްޖެކުޅިވަރު | 40 މިނިޓު ކުރިންޕެރޭޒްއަށް ބާސެލޯނާގެ ރައީސްގެ ވަރުގަދަ ރައްދެއް، އަސްލު އެއްވަނައިގައި އޮންނަންޖެހޭނީ އަހަރެމެންކުޅިވަރު | 2 ދުވަސް ކުރިންއެމްބާއެްޕޭ 4 ގޯލުޖެހިނަމަވެސް ރެއާލް ސަލާމަތްވީ ކިރިޔާކުޅިވަރު | 4 ދުވަސް ކުރިންބަލިވަން ފެށުމާއެކު މެޑްރިޑްގެ ކުޅުންތެރިން އަލޮންސޯއާ ދެކޮޅަށް ނިކުމެއްޖެކުޅިވަރު | 6 ދުވަސް ކުރިން