logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުގެ ރައީސް ދިރިއުޅޭ ގެ ކުރިމަތީ ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާއެއް ކުރިއަށް ގެންގޮސްފި

އިސްމާޢިލް ރާތިޢު
1 ޑިސެމްބަރު 2025 - 04:33
އިސްރާއީލުގައި ކުރި މުޒާހަރާއެއް ތެރެއިން- ފޮތޯ: ރޮއިޓަރޒް
އިސްރާއީލުގައި ކުރި މުޒާހަރާއެއް ތެރެއިން- ފޮތޯ: ރޮއިޓަރޒް

ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ކުރިއަށްދާ ކޮރަޕްޝަނުގެ ތުހުމަތުގެ މައްސަލަތައް މާފުކޮށްދޭން އެދި، ރައީސް އިސާކް ހަރޒޮގަށް ހުށަހަޅާފައިވާ ސިޓީ ބަލައިނުގަތުމަށް ގޮވާލާ، އޭނާ ދިރިއުޅޭ ގެ ކުރިމަތީ މުޒާހަރާކޮށްފިއެވެ.

ރޭ ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ވަނީ ޔަހޫދީންވެސް ނެތަންޔާހޫއާ ދެކޮޅުކަން ވަރަށް ސާފުކޮށް ދައްކުވައިދީފައެވެ. އެގޮތުން ނެތަންޔާހޫގެ ފަރާތުން ހުށަހަޅާފައިވާ 111 ސޮފުހާގެ އެ ސިޓީ ބަލައިނުގަތުމަށާއި، އެ ބަލައިގެންފި ނަމަ ޔަހޫދީ ދައުލަތް ވެގެންދާނީ "ބަނާނާ ރިޕަބްލިކަކަށް" ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މުޒާހަރާގެ ބައިވެރިއަކު ވަނީ ނަތަންޔާހޫގެ މޫނު ދައްކުވައިދޭ މާސްކަކާއެކު ޖަލުހެދުން ބޭނުންކޮށް، ނަތަންޔާހޫއާ މެދު އޮތް ނުރުހުން ސާފުކޮށް ފާޅުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ސަރުކާރާ ދެކޮޅު މަޖިލީސް މެންބަރުންނާއި އެކްޓިވިސްޓުންވެސް ހިމެނެނެވެ. އޭގެތެރެއިން މީޑިއާތަކާ ވާހަކަދެއްކި މީހަކު ބުނިގޮތުން ނަތަންޔާހޫގެ ސިޓީއަކީ އޭނާގެ ސަބަބުން ޔަހޫދީ ދައުލަތަށް ލިބުނު ގެއްލުންތަކަށް ޒިންމާ ނެގުމެއްނެތި، ހުރިހާ ދައުވާތަކެއް އަނބުރާ ގެންދަން އެދި ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. އަދި މިކަމަކީ ޔަހޫދީ ދައުލަތުގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރުގެ މަގާމު އެންމެ ގިނަދުވަހު އަދާކޮށްފައިވާ ނެތަންޔާހޫއާ ދެކޮޅަށްރިޝްވަތު ނެގުމާއި ކޮރަޕްޝަނުގެ އިތުރުން ފްރޯޑް އަދި ބްރީޗް އޮފް ޓްރަސްޓްގެ ތަފާތު ތިން މައްސަލައެއް ބަލަން ފެށިތާ ފަސް އަހަރު ވެފައިވާއިރު، އޭނާ އަންނަނީ މި ހުރިހާ ދައުވާއަކަށްވެސް އިންކާރުކުރަމުންނެވެ.

އޭގެތެރެއިން އެއް މައްސަލައެއްގައި، ސިޔާސީ މަންފާއެއް ހާސިލުކޮށްދިނުމަށް ބިލުޔަނަރުންތަކެއް އަތުން، ނަތަންޔާހޫގެ އިރުތުން އޭނާގެ ކުރީގެ އަންހެނުންގެ މައްޗަށް 260،000 އެމެރިކާ ޑޮލަރުގެ ހަދިޔާ ނެގިކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ ކޮޅު މޮޅުކޮށް ބްރޯޑްކާސްޓުކުރުމަށް ދެ މީޑިއާއަކަށް ފައިސާދިންކަމަށްވެސް އެހެން ދައުވާއެއްގައި ބުނެފައިވެއެވެ.

"ބަނާނާ ރިޕަބްލިކް" އަކީ، ގައުމެއްގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އިގުތިސޯދު ކުރިއަރުވަން އެއްވެސް މަސައްކަތެއް ނުކުރެވި، ހަމައެކަނި އެންމެ ބާވަތެއް ބޭރުކޮށްގެން އާމްދަނީ ހޯދަންޖެހިފައިވާ ގައުމުތަކަށް ބޭނުންކޮށްއުޅޭ ބުނުމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ ރައީސް ދިރިއުޅޭ ގެ ކުރިމަތީ ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާއެއް ކުރިއަށް ގެންގޮސްފިދުނިޔެ | 2 ގަޑިއިރު ކުރިންޔަހޫދީ ސިފައިން، ސީރިއާގެ އާންމުންތަކެއް ގަޔަށް ބަޑިޖަހާ، މަދުވެގެން 13 މީހަކު ޝަހީދުކޮށްލައިފިދުނިޔެ | 2 ދުވަސް ކުރިންއިސްރާއީލާއި އިޓަލީ ވާދަކުރަންހަމަޖެހިފައިވާ މެޗާއި ދެކޮލަށް އިޓަލީގެ ޤައުމީ ޓީމު ޓްރެއިން ކުރާ ސަރަޙައްދުގައި ބޮޑު މުޒާހަރާއެއްކުޅިވަރު | 2 މަސް ކުރިންހަނގުރާމައަށް އަހަރެއްވީ ދުވަހު އިސްރާއިލުގެ ހަމަލާތައް ކުރީ ވަރުގަދަދުނިޔެ | އަހަރެއް ކުރިން