logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަފާ
1 ޑިސެމްބަރު 2025 - 05:29
ޕީއެންސީގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ޕީއެންސީ
ޕީއެންސީގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ޕީއެންސީ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ވާދަކުރެވޭ މަގާމުތަކަކީ:

○ ސިޓީ މޭޔަރު
○ ސިޓީ ކައުންސިލް މެންބަރު
○ ސިޓީ ކައުންސިލް އަންހެން މެންބަރު
○ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް
○ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު
○ ރަށު ކައުންސިލްގެ ރައީސް
○ ރަށު ކައުންސިލް މެންބަރު
○ ރަށު ކައުންސިލް އަންހެން މެންބަރު
○ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް
○ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު

މި ޤާމުތަކަށް ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ކޮންގްރެސް ޕާޓީގެ ޢާންމު މެންބަރުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ޑިސެމްބަރު 15 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިދެވޭނީ، އިލެކްޝަންސް ކޮމިޝަންގެ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، 2025 ޑިސެމްބަރ 15 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށަހެޅުމަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށްކަމަށް ޕީއެންސީން މައުލޫމާތުދެއެވެ.

މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބޭ ފަރާތްތަކުގެ ލިސްޓު ނެރުމަށް ހަމަޖެހފިފައިވަނީ ޑިސެމްބަރު 16 ވާ އަންގާރަ ދުވަހު އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026 - ކޮންގްރެސް ޕާޓީގެ ޕްރައިމަރީ، ބޭއްވުމަށް ހަމަޖެހިފައިވަނީ، 2025 ޑިސެމްބަރު 27 ވާ ހޮނިހިރު ދުވަހުގެ އެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.

ޕްރައިމަރީގައި ކޮންގްރެސް ޕާޓީގެ މެންބަރުންނަށް ވޯޓު ލެވޭނީ އެ މެންބަރަކު ރަށްވެހިވެފައިވާ އަވަށެއްގައި ވޯޓު ލުމަށް ޕާޓީގެ ފަރާތުން ހަމަޖައްސާފައިވާ ވޯޓު ފޮށްޓަށް އެކަންޏެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި ޚަބަރު | 2 ގަޑިއިރު ކުރިންޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން މާދަމާ ހުޅުވާލަނީޚަބަރު | 19 ގަޑިއިރު ކުރިންސިލޯނާއެކު ދިވެހިން ޓެލެތޯން: ޕީއެންސީން 300،000ރ ގެ އެހީއެއްޚަބަރު | 21 ގަޑިއިރު ކުރިންކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާޙްޚަބަރު | ދުވަހެއް ކުރިން