logo
Bank of Maldives

Bank of Maldives

ޚަބަރު

އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް: މިއަހަރު 738 އިމާމުންނަށް ތަމްރީނުދީފި

އިސްމާޢިލް ރާތިޢު
1 ޑިސެމްބަރު 2025 - 05:38
އިމާމުން ތާޒާކުރުން: މިއަހަރު 738 އިމާމުންނަށް ތަމްރީނުދީފި

ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ އިމާމުންގެ ފެންވަރު ރަނގަޅުކޮށް އިމާމުން ތާޒާކުރަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރު އެކަނިވެސް 738 އިމާމުންނަށް ތަމްރީނު ދީފައިވާކަން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގެ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް، އާދީއްތަ ދުވަހުރޭ ނިންމާލެވިފައިވާ ކަމަށާއި މިއަހަރު މުޅި ޖުމްލަ 738 އިމާމުންނަށް ތަމްރީނުދީފައިވާ ކަމަށެވެ. އަދި އަންނަ އަހަރު މިޞްރުގެ ޖާމިޢަތުލް އަޒްހަރާ ގުޅިގެން އިމާމުން ތަމްރީނުކުރުމަށް މިޞްރަށް ފޮނުވަން ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އިމާމުންނަށް ޢަރަބި ބަސް ކިޔަވައިދިނުމަށް މޮރޮކޯއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ ޕްރޮގްރާމް ތަކުގައި މިދިޔަ އަހަރު އިމާމުން ބޭރު ގައުމުތަކަށް ފޮނުވާފައިވާ ތަފާސްހިސާބު ހާމަކުރައްވާ، ވަޒީރު ވިދާޅުވީ ސައުދީ، ބުރޫނާއި، އިންޑޮނޭޝިއާ، މެލޭޝިއާ އިން ޖުމްލަ 100 އަށް ވުރެ ގިނަ ފުރުޞަތުގައި އިމާމުން ތަމްރީނުކުރަން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަޙައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 9 މާއްދާއެއް ހިމަނައިގެންނެވެ. އެގޮތުން ޤުރްއާނާއި ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި ފިޤުހާއި ޙަދީޘްގެ އިތުރުން އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން އުނގަންނައިދެއެވެ.

ރާއްޖޭގައި ގާތްގަނޑަކަށް 700 އެއްހާ ދާއިމީ އިމާމުން އުޅެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ހުރިހާ ދާއިމީ އިމާމުން ތަމްރީންކޮށް ނިންމުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިޚަބަރު | 16 ގަޑިއިރު ކުރިންގިނަ ވަސީލަތްތަކެއް ހުންނާނެ, ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީޚަބަރު | 4 ދުވަސް ކުރިންރާއްޖޭގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދޭ: ޝަހީމްޚަބަރު | 4 ދުވަސް ކުރިންއިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 17 ދުވަސް ކުރިން