logo
Bank of Maldives

Bank of Maldives

Business

ގޭހާ ގުޅުންހުރި އެކި ވަޞީލަތްތައް ވިއްކަން ފިހާރައެއް ހުޅުވަނީ

އަޙްމަދު ޒަލީފް
3 އޮކްޓޯބަރު 2024 - 09:12
ގޭހާ ގުޅުންހުރި އެކި ވަޞީލަތްތައް ވިއްކަން ފިހާރައެއް ހުޅުވަނީ

ގޭހާ ގުޅުންހުރި އެކި ވަޞީލަތްތައް ވިއްކުމަށް ފިހާރައެއް ހުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ މުޙައްމަދު މިހެން ވިދާޅުވީ މޯލްޑިވް ގޭސް ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މޯލްޑިވް ގޭހަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ކުންފުންޏަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ މަސައްކަތްކުރާނެ ޖާގައިގެ ދަތިކަން ކަމަށެވެ. އެހެންކަމުން އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި 10 ފަންގިފިލާގެ އޮފީސް ޢިމާރާތެއް އެޅުންކަމަށް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ ޢިމާރާތް އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބިން ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެއަރ ކޮންޑިޝަނަރ، އޭސީ މަރާމަތުކުރުމުގައި ބޭނުންކުރާ ގޭހުގެ ބާވަތް ބަލްކުކޮށް ރާއްޖެ އެތެރެކޮށް، ހެޔޮ އަގުގައި ވިއްކުމުގެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކައްކާ ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމުވެސް ފުޅާކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

މޯލްޑިވް ގޭހަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދުވަހުގެ މުނާސަބަތުގައި ކޭކެއް ވަނީ ފަޅާފައެވެ. އަދި އެކުންފުނީގެ ވެބްސައިޓު އަލުން ފަރުމާކޮށް، ލޯންޗުކުރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފިވިޔަފާރި | 2 މަސް ކުރިންމޯލްޑިވްސް ގޭސް އިން ގޭސް ވިއްކާ އަދަދު ލިމިޓްކޮށްފިވިޔަފާރި | 2 މަސް ކުރިންމޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ރުކުމާޚަބަރު | އަހަރެއް ކުރިންގޭސް ސަޕްލައި ކޮށްދީފައި ނުވާތީ ޑުބާއީގެ ކުންފުންޏާއި މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | އަހަރެއް ކުރިން