މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ރުކުމާ
2 ޖުލައި 2025 - 04:13

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މޯލްޑިވްސް ގޭސްގެ ޑީއެމްޑީއަކަށް ހަމަޖައްސައިފިއެވެ.
ރުކުމާ އެ މަގާމަށް ހަމަޖެއްސީ ފެނަކައިގެ ޑީއެމްޑީކަމުން އިސްތިއުފާ ދެއްވުމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ރުކުމާ ފުރަތަމަ ހަމަޖެއްސީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑީއެމްޑީއަކަށެވެ. ފަހުން ފެނަކައަށް ބަދަލުކުރީއެވެ.
މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ރުކުމާ ބަދަލުކުރީ މިދިޔަ ހަފްތާ ތެރޭގަ އެވެ. އޭނާ ވަނީ އިއްޔެ އޮތް މޯލްޑިވްސް ގޭސްގެ އަހަރީ އާންމު ޖަލްސާގައި ވެސް ބައިވެރިވެފައެވެ.
ރުކުމާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުކަން ކުރަށްވާފައިވާ ބޭފުޅެކެވެ.

-01.jpg&w=3840&q=75)
