logo
Bank of Maldives

Bank of Maldives

ޚަބަރު

"އިޖުތިމާއީ ރައްކަާތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް"

އައިޝަތު ނަޝާ
3 ޑިސެމްބަރު 2025 - 05:55
"އިޖުތިމާއީ ރައްކައުތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް"

އިޖުތިމާއީ ރައްކައުތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްކަމަށާއި، މި ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތައް ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމަޢުއެއް ޤާއިމްކުރުމުގެ އެއް އަސާސް ކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެވެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 3ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމާއި އެމީހުން ބާރުވެރިކުރުމުގައި ކޮންމެ ފަރުދެއްގެވެސް ޒިންމާއާއި ހިއްސާ އޮންނާނެކަން ހަނދާންކުރުމެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަށް ބާރުވެރިކުރުމަކީ މި މިސަރުކާރުގެ ވަރަށް މުހިންމު އެއް އަމާޒުކަމަށެވެ.

މިސަރުކާރުގެ ފާއިތުވި 2 އަހަރު މިކަމުގައި ހިއްސާވާ އެންމެހާ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރެވުނުކަމަށާއި، މިކަމުން ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލްވުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިމަގުގައިވެސް މިގޮތުގައި މަސައްކަތް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަޤީންކަން ވަޒީރުވަނީ ދެއްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް އެމީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިދައުރުގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް މުހިންމު އެހާމެ ބޭނުންތެރި ނިންމެވުމެއްކަމަށް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ޝާމިލް މުޖްތަމަޢެއް ބިނާކުރުން" މިއެވެ. މި ޝިއާރުން އެންމެ ބޮޑަށް ބާރު އަޅަނީ މުޖްތަމަޢުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިޖުތިމާއީ ރައްކައުތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް"ޚަބަރު | 40 މިނިޓު ކުރިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިއްޖެ: ވަޒީރު އާއިޝަތުޚަބަރު | 7 މަސް ކުރިން