logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ 350 ފަރާތަކަށް މި ސަރުކާރުން ވަޒީފާ ހަމަޖައްސާދީފައިވޭ

އާމިނަތު ޝަފާ
3 ޑިސެމްބަރު 2025 - 13:22
ނުކުޅެދުންތެރިކަން ހުންނަ 350 ފަރާތަކަށް މި ސަރުކާރުން ވަޒީފާ ހަމަޖައްސާދީފައިވޭ

ނުކުޅެދުންތެރިކަން ހުންނަ 350 ފަރާތަކަށް މި ސަރުކާރުން ވަޒީފާ ހަމަޖައްސާދީފައިވާކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ވަޒީރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން ޚާއްޞަކޮށް މިފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މި ދައުރުގައި މިހާތަނަށް 350 ވަޒީފާގެ ފުރުޞަތު ވަނީ ހަމަޖައްސަވާ ދެއްވާފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޖުތިމާއީ ރައްކައުތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްކަމަށްވާއިރު މި ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތައް ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމަޢުއެއް ޤާއިމްކޮށް، ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމުގެ އެއް އަސާސްކަމަށާއި އަދި މި ސަރުކާރުގެ ވަރަށް މުހިއްމު އެއް އަމާޒުކަމަށް ވަޒީރު ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ފަސްމަގަށް ބަލާލާއިރު 3 ކަމެއް ފަހާގަކޮށްލަން މުހިއްމުކަމުގައި ދެކެން. (1) ފުރަތަމަ ކަމަކީ ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ އަދި ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއްގެ ޤާއިމްވެފައި އޮތުމުގެ މުހިއްމުކަން. (2) ހަމައެއާއެކު ސްކޫލް މަރުހަލާ ނިންމާ، ޤާބިލް ފަރާތްތަކަށް، އާމްދަނީ ހޯދޭނެ ހަރުދަނާ ނިޒާމެއްގެ ބޭނުންތެރިކަމާ އަދި މިފަރާތްތަކަށް ދިރިއުޅުމަށް ތަފާތު ހުނަރުތައް ލިއްބައިދިނުން. (3) އަދި ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅުންހުރި މުހިއްމު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުން އެއި ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން." އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު

އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ފުރިހަމަވާނެކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ 350 ފަރާތަކަށް މި ސަރުކާރުން ވަޒީފާ ހަމަޖައްސާދީފައިވޭޚަބަރު | ގަޑިއިރެއް ކުރިން"އިޖުތިމާއީ ރައްކައުތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް"ޚަބަރު | 9 ގަޑިއިރު ކުރިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިއްޖެ: ވަޒީރު އާއިޝަތުޚަބަރު | 7 މަސް ކުރިން