logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާގައި ބަޔަކު ޕުޓިން އަށް އަޅުކަންކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޑިސެމްބަރު 2025 - 18:01
އިންޑިއާގައި ބަޔަކު ޕުޓިން އަށް އަޅުކަންކޮށްފި

އިންޑިއާގައި ބަޔަކު ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އަށް އަޅުކަންކޮށްފިއެވެ.

އިންޑިއާގައި ބަޔަކު ޕުޓިން އަށް އަޅުކަންކުރާ މަންޒަރުފެންނަ ވީޑިއޯތައް މިހާރު މީސް މީޑިއާގައި ވައިރަލްވެފައިވާއިރު، ރަޝިޔާގެ ރައީސް ޕުޓިން 2021 ވަނަ އަހަރަށް ފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ބުރާސްފަތި ދުވަހު އެ ގައުމަށް ވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕުޓިންގެ މި ދަތުރުފުޅާއި ދިމާކޮށް އިންޑިއާގައި ބަޔަކު ޕުޓިން އަށް އަޅުކަންކޮށްފައި ވަނީ އިންޑިއާގެ އަންދުރަޕްރަދޭސްގައެވެ.

 

 

މި ދަތުރުފުޅަކީ ހުކުރު ދުވަހު ނިއުދިއްލީގައި ބާއްވާ އިންޑިއާ-ރަޝިޔާގެ 23 ވަނަ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރަށްވާ ދަތުރުފުޅެކެވެ.

މި ސަމިޓްގައި ޕުޓިން އާއި މޯދީ މި ސަމިޓްގެ ކޯ ޗެއާމަންކަން ކުރަށްވާނެއެވެ.

މި ސަމިޓްގައި ޑިފެންސް، ހަކަތަ، ނިއުކްލިއާ ކޯޕަރޭޝަން، ޕޭމަންޓް މެކޭނިޒަމް، އެމީހުން އުފެއްދި ބްރިކްސް ބްލޮކް، އަދި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން ފަދަ ކަންކަމަކީ އެމީހުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަންތައްތަކެވެ.

 

 

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭން ހަނގުރާމަ ފެށި ފަހުން ވެސް ފުރަތަމަ ފަހަރަށް ޕުޓިން އިންޑިއާ އަށް ކުރަށްވާ މި ދަތުރުފުޅަކީ ރަޝިޔާގެ ތެޔޮ ގަތުން ހުއްޓުވުމަށް އެމެރިކާގެ ޕްރެޝަރު ނިއުދިއްލީއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގައި ބަޔަކު ޕުޓިން އަށް އަޅުކަންކޮށްފިޚަބަރު | ގަޑިއިރެއް ކުރިންޣައްޒާ ސުންނާފަތިކުރުން ކުރިއަށް، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ރެއިޑެއް!ދުނިޔެ | 2 ދުވަސް ކުރިން15 މަސްވީ ހަނގުރާމަ ނިންމަންޖެހުނީ ޔަހޫދީންނަށް ނާކާމިޔާބުވެގެން ޚަބަރު | 10 މަސް ކުރިން