logo
MPL

MPL

ވިޔަފާރި

ވީއައިއޭގެ އައު ޓާމިނަލުން ޔޫއޭއީގެ އިއްތިހާދު އެއާވޭސްއަށް ހިދުމަތްދޭން ފަށައިފި

އާމިނަތު ޝަފާ
5 ޑިސެމްބަރު 2025 - 05:22
ވީއައިއޭގެ އައު ޓާމިނަލުން ޔޫއޭއީގެ އިއްތިހާދު އެއާވޭސްއަށް ހިދުމަތްދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޕަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އިއްތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން، އިއްތިހާދު އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއުއެވެ.

ރަސްމިއްޔާތުގައި އިއްތިހާދު އެއާވޭސްގެ އޭރިއޭ މެނޭޖަރ ސެންޓްރަލް ރެހާން މުހައްމަދު ފާއިޒު އާއި އެތިހާދު އެއާވޭސްގެ އެއާޕޯޓް މެނޭޖަރ މުނާޒު އަލީ އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން އިއްތިހާދު އެއާވޭސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 305 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އިއްތިހާދު އެއާވޭސްގެ ފުރަތަމަ ފްލައިޓް EY376 އިން ރާއްޖެ އައި 180 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ގާއިމުވެފައި އޮންނަ އިއްތިހާދު އެއާވޭސްއަކީ ޔޫއޭއީގެ ގައުމީ އެއް އެއާލައިނެވެ. އޭގެ އިތުރުން އެއީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 1 ނޮވެންބަރު 2011 ގައެވެ.

އިއްތިހާދު އެއާވޭސް އާއެކު، ޓާމިނަލް 1 އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 20 އަށް އިތުރުވެފައެވެ. އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފެންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް: އެމްއޭސީއެލް އެމްޑީވިޔަފާރި | 2 މަސް ކުރިންޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީއައިއޭގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' އެއް ވިޔަފާރި | 2 މަސް ކުރިންތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނަން: އެމްއޭސީއެލް ޝަރީފްޚަބަރު | 3 މަސް ކުރިންވީއައިއޭގެ ޓާމިނަލް 2: ހިދުމަތްތައް ވަރަށް ފުރިހަމަ!ރިޕޯޓް | 4 މަސް ކުރިން