logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު!

އާމިނަތު ޝަފާ
5 ޑިސެމްބަރު 2025 - 06:49
މީޑިއާ މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު!

މި ހަފްތާ ބަންދުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމީކް ސްޓޫޑިއޯއާއި ވުޒާރާގެ ސެކްޝަންތައް ގުޅިގެން ބާއްވާ މީޑިއާ މައުރަޒު 2025 ގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

މިއަދު ހަވީރު 16:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މީޑިއާ މައުރަޒު ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު 16:00 އިން 18:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 18:00 އަށް މީޑިއާ މައުރަޒު ކުރިއަށް ދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ، ވުޒާރާއިން ކުރިއަށް ގެންދާ މުހިއްމު މަސައްކަތްތަކުގެ މަޢުލޫމާތާއި، މަޝްރޫޢުތަކާއި ގުޅޭ އަދާހަމަތަކާއި، ވަކިވަކި ސެކްޝަންތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ވީހާވެސް ގާތުން ގެނެސްދިނުމަށް ބާއްވާ ހާއްސަ މައުރަޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލް އަބްރާރު ޢުމްރާ ގްރޫޕުގެ ހުއްދަ ހިފަހައްޓައިފިޚަބަރު | 7 ދުވަސް ކުރިންޒަމާނީވަންތަކަމާއެކު ތަރައްގީކުރި ބަރުބަރީ މިސްކިތް ހުޅުވައިފިޚަބަރު | 21 ދުވަސް ކުރިންޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީވުމަށް ގައުމީ އެއާލައިނާއެކު އެއްބަސްވުމެއްޚަބަރު | 23 ދުވަސް ކުރިންކުރެންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިޚަބަރު | މަހެއް ކުރިން