logoEN
ޚަބަރު

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރީޝަސްއަށް ދިނުމުން ނަޝީދުގެ ނުރުހުން

ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ/ މިހާރު

ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ/ މިހާރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

03 އޮކްޓޯބަރު 2024 - 15:45

ޗާގޮސް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރީޝަސް އަށް ދޭން އިނގިރޭސިވިލާތުން ނިންމުމުން، އެކަމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރުގެ ދަށުގައި އޮތް ފޯޅަވަހީގެ ސިޔާދަތީ ބާރު ދޫކޮށްލައި، އެ ބާރު މޮރީޝަސްއަށް ދިނުމަށް އެގައުމުން ނިންމީ މިއަދުގެ ވަގުތެއްގައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެއިން ދައުވާ ކުރަނިކޮށް، އެ ތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ނުދެވޭނެ ކަމުގައި ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އިނގިރޭސިންގެ އެ ނިންމުމަކީ ނުކަސިޔާރު ނިންމުމެކެވެ.

View post on Twitter

މިއަދު މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރުދޭން އެއްބަސްވެފައިވާއިރު، އެފަދައިން އަމަލުކުރުމުގެ ވިސްނުން އިނގިރޭސި ސަރުކާރުން އައީ ގެންގުޅެމުންނެވެ. އެގޮތުން މިއަދު އެ ބާރު ދޭން ނިންމާފައިވާއިރު، އެކަން އިއުލާންކޮށްފައިވަނީ މޮރިޝަސް އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުން އެކުގައި ނެރުނު ނޫސްބަޔާނެއްގައެވެ.

ކޮމެންޓް

871x217_placeholder