logoEN
ޚަބަރު

އިންޑިޔާއިން ބަޢާވާތަކަށް ހިތްވަރު ނުދޭނެ: ނަޝީދު

ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ/ މިހާރު

ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ/ މިހާރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

30 ޑިސެމްބަރު 2024 - 15:30

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިޔާއިން އެހީ ފޯރުކޮށް ނުދޭނެ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވައްޓާލުމަށް އިންޑިޔާ އިސްވެ އޮވެ ފަންޑުކުރާ ބަޢާވަތެއް ހިންގަން އުޅޭ ކަމުގެ ރިޕޯޓެއް އެމެރިކާގެ މަޝްހޫރު ނޫސް އެޖެންސީއެއް ކަމުގައިވާ "ވޮޝިންގްޓަން ޕޯސްޓް"އިން މިއަދު ނެރުމާ ގުޅިގެންނެވެ.

އެގޮތުން އެ ރިޕޯޓުގައިވާ ގޮތުގައި، ސަރުކާރުގެ ތެރެއިން ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުމަށް، އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީކަމުގައިވާ ޕީއެންސީގެ މެންބަރުން ވެސް ހިމެނޭ ގޮތުން، 40 އެއްހާ މެންބަރުން ގުޅިގެން ރައީސް މަގާމުން ދުރުކުރުމަށް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ނެގުމަށް މަޖިލިސް ތެރެއިން ދިޔައީ ތައްޔާރުވަމުންނެވެ.

އަދި އޭގެ އިތުރަށް، ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުން ކަށަވަރުކުރުމަށް އިންޑިޔާގެ 10 ސީނިއާ ސިފައިންގެ މީހުންނާއި، ފުލުހުންގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ ތިން ބޮޑު ގޭންގަކަށް ފައިސާ ދިނުމަށް ހިމަނާފައިވާއިރު، އެ ރިޕޯޓުގައި ބުނާ ގޮތުގައި އެ ފައިސާ ހަމަޖެއްސުމަށް ނިންމާފައިވަނީ އިންޑިޔާއިންނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 87 މިލިއަން ރުފިޔާ ކަމުގައި ވެސް އެ ރިޕޯޓުގައިވެއެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޮޝިންގްޓަން ޕޯސްޓުގެ އެ ލިޔުން ވިދާޅުވި ނަމަވެސް، ރައީސް މުޢިއްޒުއާ ދެކޮޅަށް އެފަދަ ބަޢާވާތެއް ކުރަން އުޅުނު ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކަކީ އަބަދުވެސް "ޚިޔާލީ ވާހަކަތަކުގައި" ތިބޭ ފަރާތްތަކެއް ކަމަށާއި، ރާއްޖޭގެ ސަރުކާރު ވައްޓާލައި، ބަޣާވަތެއް ގެނައުމުގައި އިންޑިޔާއިން ބައިވެރިނުވާނެ ކަމަށެވެ.

އަދި އިންޑިޔާއިން އަބަދުވެސް ރާއްޖޭގެ ޑިމޮކްރެސީއަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި، ދުވަހަކު ވެސް ރާއްޖެއިން ކަންކުރަންވީ ގޮތް ވެސް އިންޑިޔާއިން އަންގާފައިނުވާނެ ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވިއިރު، ވޮޝިންގްޓަންގެ ރިޕޯޓުގައި ވާ ގޮތުގައި، ރައީސް އަޒުލުކުރުމުގެ ރޭވުންތަކުގައި އިންޑިޔާގެ ފަރާތުން މަސައްކަތްކުރީ ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސްއެވެ. އެ މީހުންގެ ތެރެއިން ތޮރާތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރި، އޭރުގެ ދިވެހި ސަރުކާރުގެ އެޑްވައިޒަރެކެވެ.

އިތުރަށް ކިޔާލަން:

Raees Muizzuge Sarukaaru Vahtaalumah India in Fund Kuraa Bagaavaatheh Hingan Ulhey Kamuge AduthakehFacebookViberTelegramXWhatsApp

ކޮމެންޓް

871x217_placeholder