logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފީފާ ވޯލްޑްކަޕް 2026، ގްރޫޕް ކޭ: ޕޯޗުގަލްއަށްވެސް ބޮޑު ހަދިޔާއެއް!؟

މެންދުރު ޓީމް
6 ޑިސެމްބަރު 2025 - 12:50
ފީފާ ވޯލްޑްކަޕް 2026، ގްރޫޕް ކޭ: ޕޯޗުގަލްއަށްވެސް ބޮޑު ހަދިޔާއެއް!؟

އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕުގެ ގުރު، ރޭ ނެގިގެންދިއުމާއެކު ފީފާއަށް އެކިގޮތްގޮތަށް ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެގޮތުން އެންމެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ ބައެއް ގްރޫޕްތައް ބެހިފައިވާގޮތުންނެވެ.

އެގޮތުން މީގެކުރިން އެންމެ ފަހުގެ ޗެންޕިއަން އާޖެންޓީނާ ސީޑުކޮށްފައިވާ ގްރޫޕާއި ގުޅޭގޮތުން މީގެކުރިން ފާޑުކިޔުން އަމާޒުވެފައިވާއިރު، މިހާރު އެންމެ ގިނަބަޔަކު ފާޑުކިޔަމުންގެންދަނީ ރޮނާލްޑޯގެ ޕޯޗުގަލް ޓީމު ސީޑު ކުރެވިފައިވާ  ގޮތެވެ. އެގޮތުން މިގްރޫޕް ވެސް ފެނިގެން މިދަނީ އާދަޔާ ޚިލާފަށް ފަސޭހަ ގްރޫޕެއްގެ ގޮތުގައެވެ. މި ގްރޫޕޮގައި ހިމެނެނީ ޕޯޗުގަލްގެ އިތުރުން އުޒްބެކިސްތާން އަދި ކޮލޮމްބިއާގެ އިތުރުން ފީފާގެ ޕްލޭއޮފްސްއިން މޮޅުވާ ޓީމެކެވެ. މި ޓީމު ތަކަކީ ޑީއާރ ކޮންގޯ، ޖަމައިކާ އަދި ނިއު ކަލެޑޯނިއާއެވެ. މީ ފުޓްބޯޅައިގެ ދުނިޔޭގައި ކޮންގައުމު ތަކެއްކަން ދަންނަ ބަޔަކު މަދުވެފައި، މި ޤައުމުތަކާ ގުޅޭގޮތުން މަޢުލޫމާތެއް ހޯދަންވެސް ޖެހެނީ އަލުން ޖިއޮގްރަފީ ކްލާހަކަށް ދާށެވެ. މީހަކު ދަންނަ މީހަކަށް މީގެން ޓީމެއްގައި އުޅެނީ އަތުގެ ފަސް އިނގިލިން ގުނާލެވޭހާ މަދުބައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުޒްބެކިސްތާނަށް ބަލާއިރު އުޅޭނީ މެންޗެސްޓަރ ސިޓީގެ އަބްދުލްޤާދިރު ޚުސަނޮވް އެކަންޏެވެ. ޖަމައިކާއަށް ބަލަންޏާ ހުރީ  އެސްޓޮން ވިލާއިން ރޯމާއަށް ލޯނަށް ދޫކޮށްފަ ހުރި ލިއޯން ބެއިލީ ކަހަލަ މަދު ދެތިން މީހެކެވެ. ބަކީ ޓީމުތައް ބަލާނަމަ މިޖެހެނީ ޗެޓްޖީޕީޓީ ކާރި އަހާށެވެ.

ދެން އޮތީ ޕޯޗުގަލްގެ ވާހަކައެވެ. ޕޯޗުގަލްއޭ ބުންޔަސް ހިތައް އަންނަނީ ''GOAT''  ގެ ލަޤަބުން މަޝްހޫރު ރޮނާލްޑޯއެވެ. މިދިޔަ ވޯލްޑްކަޕުގައި ދަނޑުން ފޭބީ ރޮމުން ނަމަވެސް މިފަހަރު ފައިބާނީ ތައްޓާއި އެކުކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. އެންމެ ފަހުން ޔުއޭފާ ނޭޝަންސް ލީގުވެސް ކާމިޔާބުކުރި މިޓީމަށް މިކަހަލަ ގްރޫޕްއެއްގައި ކުރިޔަށްދިޔުމަކީ ފެންތައްޓެއް ބޮއެފަ، ވައެއްލުން ފަދަ ކަމެކެވެ.

މެސީއަކީ ފީފާގެ ބޯއީ ކަމަށް އެއްބަޔަކު ބުނާއިރު ކަމުގެ އަސްލަށް ބަލާލަން ހިނގާށެވެ. ސީދާ ރަތްކާޑެއް ދައްކައިފިނަމަ ފީފާގެ އަސްލު އުސޫލަކީ ތިން މަޗުގެ ސަސްޕެންޝަނެކެވެ. ނަމަވެސް ވޯލްޑް ކަޕް ކޮލިފައިންގައި ރޮނާލްޑޯ ކުޅުނު އެންމެ ފަހު މެޗުގައި ސީދާ ރަތްކާޑެއް ދައްކާފައި ވީނަމަވެސް ގްރޫޕްސްޓޭޖުގެ ފުރަތަމަ މެޗު ނުކުޅެވިދާނެތީ، މީގެކުރިންވެސް މަދު ކުޅުންތެރިންނަށް އަދަބު ލުއިކޮށްދިންގޮތަށް، ރޮނާލްޑޯގެ އަދަބުވެސް ވަނީ އެންމެ މެޗަކަށް ލުއިކޮށްދީފައެވެ. އެހެންކަމުން ސުވާލަކީ ދެންވެސް ފީފާގެ ބޯއީ އަކީ މެސީތޯއެވެ؟ އަމިއްލައަށް މިކަން ޖަޖުކޮށްލާށެވެ.

 ލިޔުނީ: މިޝްއަލް މުބީން/ މެންދުރު ޓީވީ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑްކަޕް 2026، ގްރޫޕް ކޭ: ޕޯޗުގަލްއަށްވެސް ބޮޑު ހަދިޔާއެއް!؟ކުޅިވަރު | 2 ގަޑިއިރު ކުރިންފީފާ ވޯލްޑްކަޕް 2026، ގްރޫޕް ޖޭ: އާޖެންޓީނާއަށް ލައްވާލި ނަސީބެއް؟ ފީފާއިން ދިން ހަދިޔާެއެއް؟ކުޅިވަރު | 8 ގަޑިއިރު ކުރިން ފީފާ ވޯލްޑްކަޕް 2026 ގެ ގުރުލައިފި، ފައިނަލުގެ ކުރިން އާޖެންޓީނާއާ ޕޯޗުގަލް ވާދަކުރަންޖެހިދާނެ!ކުޅިވަރު | 12 ގަޑިއިރު ކުރިންޓްރަމްޕް ޝަރަފުވެރިކޮށްދެއްވާ ވޯލްޑްކަޕްގެ ގުރުއަތުލުން އަންނަ ހުކުރުދުވަހުކުޅިވަރު | 3 ދުވަސް ކުރިން