logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެސީ ކުރި ނުރައްކާތެރި ފައުލަށް އަޅާނުލި ރެފްރީގެ މައްސަލަ ހިފައިގެން އަލްޖީރިއާ ފީފާއަށް

އަބްދުﷲ ޣާނިމް
20 ޖޫން 2026 - 03:28
މެސީ ކުރި ނުރައްކާތެރި ފައުލަށް އަޅާނުލި ރެފްރީގެ މައްސަލަ ހިފައިގެން އަލްޖީރިއާ ފީފާއަށް

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން އަލްޖީރިއާ ބަލިވި މެޗުގައި ރެފްރީގެ ފަރާތުން ފެނުނު "އިންސާފެއް ނެތް" ނިންމުންތަކާ ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅައިފިއެވެ. އަލްޖީރިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ މަސްދަރަކުން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި، މި ޝަކުވާ ބިނާވެފައިވަނީ މެޗުގެ ތެރޭގައި ހިނގާދިޔަ ބައެއް ހާދިސާތަކުގެ މައްޗަށެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އަލްޖީރިއާގެ ޑިފެންޑަރު އީސާ މަންޑީގެ ފަހަތުން އޭނާގެ ފައިގެ ކޮޅު މަސްގަނޑަށް އެރި ގޮތަށް ކުރި ނުރައްކާތެރި ޓެކްލްއެވެ. މި ހާދިސާއާ ގުޅިގެން މެސީއަށް އެއްވެސް ކާޑެއް ދައްކާފައި ނުވާއިރު، އޭރު އޭނާ ހުރީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. މެސީ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލްޖީރިއާގެ ފެޑެރޭޝަނުގެ މަސްދަރަކުން ބުނީ، "މި ޝަކުވާ މައިގަނޑު ގޮތެއްގައި ބިނާވަނީ މެސީ ކުރި ޓެކްލްއަށް. އެންމެންގެ ނަޒަރުގައިވެސް އެއީ ރަތް ކާޑެއް ހައްގުވާ ފައުލެއް،" ކަމަށެވެ. މީގެ އިތުރުން އުޅަނބޮށިން ޖެހި ދެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، އެ ދެ ހާދިސާއަކީވެސް ކުޅުންތެރިން ދަނޑުން ފޮނުވާލަން ޖެހޭ ފަދަ ކަންކަން ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ.

މި މައްސަލަ ހުށަހަޅަން ނިންމި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެ މަސްދަރުން އިތުރަށް ބުނީ، "އަހަރެމެން ބުނަނީ އާޖެންޓީނާ ޓީމަކީ ވަރުގަދަ ޓީމެއް ނޫނެކޭ ނޫން. އެކަމަކު އިންސާފެއް ނެތް ކަންކަން ފެންނައިރު އަހަރެމެންނަށް ހިމޭނަކުން ނުތިބެވޭނެ. ވަރަށް ސާފު ތިން ހާދިސާއެއް ހިނގިއިރު ވީއޭއާރް (VAR) އިންވެސް އެކަމަށް ތަދަޚުލްވެފައެއް ނުވޭ،" ކަމަށެވެ.

މި މެޗުގައި މެސީ ހެދި ހެޓްރިކާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ޖަރުމަނުގެ މިރޮސްލާވް ކްލޯސާއާ (16 ލަނޑު) އެއްވަރުކޮށްފައެވެ. އަލްޖީރިއާއިން އުންމީދު ކުރަނީ 2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމަށެވެ.

ގްރޫޕް ޖޭގައި ހިމެނޭ އަލްޖީރިއާގެ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ އުރުދުންއާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ޖޫން 27 ވާ ހޮނިހިރު ދުވަހު އެ ޓީމު ބައްދަލުކުރާނީ އޮސްޓްރިއާއާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޑުގަދަ އިންޣްލަންޑްގެ އަޑު ކަނޑުވާލުމަށްފަހު މެސީގެ ޖާދުލާއެކު އާޖެންޓީނާ ޖެހިޖެހިގެން ދެވަނަ ވޯލްޑްކަޕް ފައިނަލަށްކުޅިވަރު | ދުވަހެއް ކުރިންކޮލަމްބިއާ ބަލިކޮށް ސްވިޒަލޭންޑުން ކުއާޓާ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަނީކުޅިވަރު | 9 ދުވަސް ކުރިންފީފާއިން މެސީ ކޮނޑަށްލައިގެން އާޖެންޓީނާ ކުއާޓާފައިނަލަށް ގެންގޮސްދީފިކުޅިވަރު | 9 ދުވަސް ކުރިންފީފާ ވޯލްޑްކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމެއްގެ ރައީސަކު ނުފޫޒު ފޯރުވައި ޖަހަން އުޅުނު ސަކަރާތް ނާކާމިޔާބުކޮށްލައިފިކުޅިވަރު | 10 ދުވަސް ކުރިން