logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ޖަލު ތެރެއަށް ވެއްޓިގެން ފަރުވާ ދެނީ

އައިޝަތު ނަޝާ
6 ޑިސެމްބަރު 2025 - 15:38
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި  މީހަކު ޖަލު ތެރެއަށް ވެއްޓިގެން ފަރުވާ ދެނީ

މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރު ކުރި އައްޑޫ ސިޓީއަށް ނިސްބަތްވާ މީހަކު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ޖަލުތެރެއަށް ވެއްޓި، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އެ މީހާ އާ ގުޅޭ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތު ގަވާއިދުގެ ފަސް ވަނަ މާއްދާއަށް ރިއާޔަތްކޮށް ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އޭނާ ފުލުހުންގެ ކަސްޓޯޑިއަލްގައި ހުއްޓާ ވެއްޓި އޭނާގެ ހަރަކާތްތައް ދަށްވުމުން ވަގުތުން ސިއްހީ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް އައިއޯ (އިންވެސްޓިގޭޓިން އޮފިސަރު) ބުނެފައިވާ ކަމަށްވެސް އަމުރުގައި ވެއެވެ.

އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން އެނގޭނޭ ލިޔުން ހުށަހަޅުއްވާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ އަމުރުގައި ބުނެފައިވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުކުރަންވާނެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ މާދަމާ، ވޯޓު ފޮށިތައް ބަހައްޓާ ތަންތަން ހާމަކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންރައްޔިތުން ގަބޫލުކުރާފަދަ ނަމޫނާ ފުލުހުންތަކެއް ފެންނަން ބޭނުންވޭ: ސީޕީ ޚަބަރު | 9 ގަޑިއިރު ކުރިންމާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިޚަބަރު | 2 ދުވަސް ކުރިން