logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ މާދަމާ, ވޯޓު ފޮށިތައް ބަހައްޓާ ތަންތަން ހާމަކޮށްފި

މަރިޔަމް މާޙީ
24 އޭޕްރީލު 2026 - 07:17
ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ މާދަމާ، ވޯޓު ފޮށިތައް ބަހައްޓާ ތަންތަން ހާމަކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބޭއްވުމަށް އެ ޕާޓީން ނިންމައި، ވޯޓުލުން ކުރިއަށްދާނެ އިންތިޒާމުތައް ހާމަކޮށްފި އެވެ.

މި ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 727 މީހުންނަށް ވޯޓުލެވޭނެ އިންތިޒާމު ހިތަދޫގައާއި މާލޭގައި ވަނީ ހަމަޖައްސާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ހިތަދޫގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލުގަ އެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ޚާއްޞަ ފޮށްޓެއް ކަލާފާނު ސްކޫލުގައި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

ވޯޓުލުމުގެ އިންތިޒާމުތައް ތަރުތީބުކޮށްފައިވާ ގޮތުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ވޯޓުލާނީ ހިތަދޫގައި ބަހައްޓާ ފޮށިތަކަށެވެ. އަދި މާލެއާއި އަތޮޅުތެރޭގެ އެހެން ރަށްތަކަށް ރަޖިސްޓްރީވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓު ފޮށްޓަށެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ އިތުރުން، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ލޯނަކަށް، ކޯޓު ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މައްސަލައެއްގަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ މާދަމާ، ވޯޓު ފޮށިތައް ބަހައްޓާ ތަންތަން ހާމަކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންދެން މި ފެށެނީ ޕީއެންސީގެ ހަގީގީ ވެރިކަން: ޝުޖާއުޚަބަރު | 5 ގަޑިއިރު ކުރިންހިތަދޫ އުތުރު ޕީއެންސީގެ ޕްރައިމަރީގައި 727 މެމްބަރުން ވޯޓު ލާނެޚަބަރު | 3 ދުވަސް ކުރިންހިތަދޫ އުތުުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ ޚަބަރު | 3 ދުވަސް ކުރިން