logo
Bank of Maldives

Bank of Maldives

ޚަބަރު

ސެލޫނަކަށް ވަދެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި

ޒިދާން މުޙައްމަދު
7 ޑިސެމްބަރު 2025 - 10:11
ސެލޫނަކަށް ވަދެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި

މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް މިމައްސަލަ ރިޕޯޓުކޮށްފައިވަނީ 2025 ޑިސެންބަރު 5 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ)އެވެ. އަދި އޭނާވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެކެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން 2025 ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުންނެވެ.

މިމައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޯވ އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 252 އުޅަނދެއް ޓޯވކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންމީހެއްގެ ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް، ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މީހަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންސެލޫނަކަށް ވަދެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް ގެ ބާވަތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | ދުވަހެއް ކުރިން