logo
Bank of Maldives

Bank of Maldives

ޚަބަރު

މީހެއްގެ ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް، ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މީހަކު ހައްޔަރުކޮށްފި

އައިޝަތު ނަޝާ
7 ޑިސެމްބަރު 2025 - 11:44
މީހެއްގެ ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް، ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

  އެގޮތުން އޭނާ ވަނީ އެކި ފަހަރު މަތިން 150،000ރ އަށްވުރެ ގިނަ ފައިސާ މަކަރާ ހީލަތުން ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަމަށް 2025 ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައާ ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 4 ވަނަ ދުވަހުއެވެ.

 މިމައްސަލައިގެ ތަހުގީގަށް އެނިފައިވާގޮތުގައި މިމީހާ ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި އެފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައެވެ.

 މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

 މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އދ. ދިގުރަށުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | 10 ގަޑިއިރު ކުރިންވަގަކު އަތުން ހޯދި ވަޅޯ މަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަނީޚަބަރު | ދުވަހެއް ކުރިންގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންއައްޑޫގައި ސައިކަލެއްގައި ދިޔަ މީހަކު މަގު އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖަހައި މާރީމާރީ ހިންގައިފިޚަބަރު | 2 ދުވަސް ކުރިން