logo
Bank of Maldives

Bank of Maldives

ވިޔަފާރި

ނޮވެމްބަރު މަހު ގޭސް އަދި އެހެނިހެން ތެލުގެ އަގުތައް އެއް ވަރެއްގައި ހިފެހެއްޓިފައި

އާމިނަތު ޝަފާ
8 ޑިސެމްބަރު 2025 - 05:24
ނޮވެމްބަރު މަހު ގޭސް އަދި އެހެނިހެން ތެލުގެ އަގުތައް އެއް ވަރެއްގައި ހިފެހެއްޓިފައި

ނޮވެމްބަރު މަހު ގޭސް އަދި އެހެނިހެން ތެލުގެ އަގުތައް ވަނީ އެއް ވަރެއްގައި ހިފެހެއްޓިފައިކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

2025 ވަނަ އަހަރުގެ ނޮވެންބަރު މަހު، އެސެންޝަން ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ދަށްވެ، ގޭބިސީތަކުގެ ޕާޗޭސިންގ ޕަވަރ ވަނީ އިތުރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްބީއެސް އިން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ނޮވެންބަރު މަހު، މާލޭގެ އަސާސީ މުދަލުގެ އަގުތައް ދައްކުވައިދޭ އިންޑެކްސް ވަނީ 0.69 އިންސައްތައިން ދަށްވެފައެވެ.

ގޭބިސީތަކުން އަސާސީ ބޭނުންތަކަށް ކުރާ ޚަރަދުތަކުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ކާބޯތަކެތީގެ ބާވަތްތައް ވަނީ މިދިޔަ މަހު އަގުހެޔޮވެފައެވެ. މިގޮތުން، ނޮވެންބަރު މަހު ކާތަކެތީގެ އަގުތައް 1.11 އިންސައްތަ ދަށްވެފައިވެއެވެ. ޚާއްސަކޮށް މޭވާގެ އަގުތައް 4.50 އިންސައްތަ ދަށްވެފައިވާއިރު، ކިރު، ކިރުގެ ބާވަތްތަކާއި ބިހުގެ އަގުވެސް 0.80 އިންސައްތަ ދަށްވެ، މިތަކެތި ލިބުން އިތުރަށް ފަސޭހަވެފައިވެއެވެ.

މިދިޔަ އަހަރު ތެރޭގައި، ތަރުކާރީގެ އަގުތައް ވަނީ ފާހަގަކޮށްލެވޭ ވަރަށް ހެޔޮވެފައެވެ. 2024 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު ތަރުކާރީގެ އަގުތައް 7.90 އިންސައްތަ ދަށްވެ، އޮކްޓޫބަރު 2025 އާ އަޅާބަލާއިރު 0.76 އިންސައްތައިން ދަށްވެފައިވުމުން، ދުވަހުން ދުވަހަށް ކެއުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމަށް ކުރާ ހޭދައަށް ލުއެއް ވަނީ ލިބިފައެވެ.

ނޮވެމްބަރު މަހު ގޭސް އަދި އެހެނިހެން ތެލުގެ އަގުތައް ވަނީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ. މީގެ ސަބަބުން ގޭބިސީތަކަށް މިތަކެތި ހެޔޮ އަގުގައި ލިބެމުންދާނެއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު، ތެލުގެ އަގުތައް ވަނީ އިތުރަށް ހެޔޮވެފައެވެ. މިއީ އާއިލާތަކުން ހަކަތައަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ.

އީސީޕީއައި އަކީ އަސާސީ މުދަލުގެ އެވްރެޖް އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންކުރާ އިންޑެކްސްއެކެވެ. މި އިންޑެކްސްއިން އަސާސީ ކާނާ، މަސް، އަދި ގޭބިސީގެ މުހިންމު ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދިރާސާކުރެއެވެ. އީސީޕީއައިގައި ހިމެނޭ މުދާތައް ހޮވާފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އެހީތެރިކަމާއި އިރުޝާދާއެކުގައެވެ. އަދި މި އިންޑެކްސް ތައްޔާރުކުރެވެނީ ކޮންމެ މަހަކު ހޯދާ 2,549 ކޯޓޭޝަންގެ މަޢުލޫމާތުގެ މައްޗަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮވެމްބަރު މަހު ގޭސް އަދި އެހެނިހެން ތެލުގެ އަގުތައް އެއް ވަރެއްގައި ހިފެހެއްޓިފައި ވިޔަފާރި | ގަޑިއިރެއް ކުރިން