logo
Bank of Maldives

Bank of Maldives

ޚަބަރު

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަށް އެނިއުމަރޭޓަރުން ހޯދަނީ

ޒިދާން މުޙައްމަދު
18 ފެބްރުއަރީ 2026 - 12:46
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަށް  އެނިއުމަރޭޓަރުން ހޯދަނީ

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026އަށް އެނިއުމަރޭޓަރުން ހޯދަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ އެ ބިއުރޯގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރިއަށްދާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026" ގައި މާލޭގައި ހަރަކާތްތެރިވުމަށް 16 އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވާ ކަމަށެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް ވެސް އެ ބިއުރޯއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެ ކަމަށާއި އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

- ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ (ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)

- ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ

- ފުޑް އެލަވަންސް -/300 ރުފިޔާ

- ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/30  ރުފިޔާ

މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތައް https://forms.gle/NGso3oWiLKfv77mFA އިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 26 ފެބްރުވަރީ 2026 14:00ގެ ކުރިން ހުށައެޅުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ އެދިފައެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008400 ނުވަތަ 3008408 އަށް ގުޅައިގެން ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަށް އެނިއުމަރޭޓަރުން ހޯދަނީޚަބަރު | 2 ގަޑިއިރު ކުރިންނޮވެމްބަރު މަހު ގޭސް އަދި އެހެނިހެން ތެލުގެ އަގުތައް އެއް ވަރެއްގައި ހިފެހެއްޓިފައި ވިޔަފާރި | 2 މަސް ކުރިން