logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ހަފުތާގައި ސްކޭމްތަކުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު

އާމިނަތު ޝަފާ
8 ޑިސެމްބަރު 2025 - 05:33
މިދިޔަ ހަފުތާގައި ސްކޭމްތަކުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު

މިދިޔަ ހަފުތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި ނޮވެންބަރު މަހުގެ 30އިން ފެށިގެން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 48 މައްސަލައެއްގައި 546،090 ރުފިޔާ ގެއްލިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރެއިން 180،109 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

އެންމެ ގިނައިން ހުށަހަޅާފައިވަނީ އިންޕާރސަނޭޝަން ސްކޭމްގެ މައްސަލަތަކެވެ. މިފަދަ 18 މައްސަލަ ހުށަހަޅާފައިވާއިރު އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި 15 މައްސަލަ،  ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 4 މައްސަލަ، ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި 6 މައްސަލައާއި އެހެނިހެން ގޮތްގޮތަށް ސްކޭމްކޮށްފައިވާ 5 މައްސަލައެކެވެ.

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ reportscam@police.gov.mvއަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ހަފުތާގައި ސްކޭމްތަކުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | ގަޑިއިރެއް ކުރިން ޓޯވ އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 252 އުޅަނދެއް ޓޯވކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންމީހެއްގެ ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް، ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މީހަކު ހައްޔަރުކޮށްފިޚަބަރު | 19 ގަޑިއިރު ކުރިންސެލޫނަކަށް ވަދެ ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިން