މަސްމާރުކޭޓު ތަރައްޤީކުރާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި
8 ޑިސެމްބަރު 2025 - 06:46

މާލޭގައި ޒަމާނީ ފެންވަރުގެ އައު މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރާގޮތޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރަކަށް ހުންނެވިއިރު މާލޭގައި އައު މަސްމާރުކޭޓެއް ގާއިމުކުރެއްވުމުގެ މަސައްކަތް ފެއްޓެވިކަމަށާއި އެހެންނަމަވެސް މި މަސައްކަތް ވަނީ އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation
ޒަމާނީ ފެންވަރުގެ އައު މަސްމާރުކޭޓެއް ގާއިމުކުރުމަށް ޖަޕާން ސަރުކާރުގެ ހިލޭ އެހީ ހަމަޖެހިފައިވާއިރު މިތަން ތަރައްގީކުރާނީ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓު ހިމެނޭ މިކްސްޑް ޔޫސް މާކެޓެއް ހަދައި ޒަމާނީ އިމާރާތެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސްމާރުކޭޓު ތަރައްޤީ ކުރަނީ ކުރިންވެސް ޕްލޭންކޮށްފައި އޮތް ގޮތަށް ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މައުމޫން ވެރިކަމުގައި އެތަން ހިއްކި އިރުގައިވެސް މަސްމާރުކޭޓު އެޅުމަށްރާވާފައިއޮތީ މިގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި ޖަމްޢިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އިމާރާތެއް އަޅަންވެސް ރާވަމުންދާކަމަށެވެ.


