logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

މުޙައްމަދު އަފްރާޙް
1 މާރިޗު 2026 - 18:42
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް ދަސްވެނިވި 31 ޙާފިޡުންނަށް ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ، އަލަށް ދަސްވެނިވި ޙާފިޡުންނެވެ. މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ޙާފިޡުންނާއި، ފިރިހެން 12 ޙާފިޡުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ޙާފިޡުންނާއި، 21 އަހަރުން މަތީގެ 8 ޙާފިޡުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިތުރު 18 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މިއީ 3 ސެޕްޓެމްބަރު 2024 އިން 18 މާރިޗު 2025 ގެ ނިޔަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޡު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ ސަނަދު ޙާޞިލުކޮށްފައިވާ ޙާފިޡުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޙާފިޡުކަމުގެ އިމްތިޙާނު ހަދައި، ދަސްވެނިވާ އަހަރު ކަމަށެވެ. 26 ފެބުރުވަރީ 2026 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ތިބީ 139 އަންހެން ޙާފިޡުންނާއި، 162 ފިރިހެން ޙާފިޡުންކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ. އަދި ސަރުކާރުގެ ދުރުރާސްތާ އަމާޒަކީ، އާބާދީގެ ނިސްބަތުން އެންމެ ޙާފިޡުން ގިނަ އިސްލާމީ ޤައުމަށް ދިވެހިރާއްޖެ ހެދުންކަމަށް، މިރޭގެ ޖަލްސާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ. ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 2025 ވަނަ އަހަރު 19 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރެއްވުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން، 2026 ވަނަ އަހަރު މި ފަދަ 50 ގޮފި ޤާއިމުކުރައްވާނޭކަމަށާއި، މިއަހަރުގެ މިހާތަނަށް، މި ފަދަ 6 ގޮތްޕެއް ރަޖިސްޓަރ ކުރެވިފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ހާމަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މާދަމާ ނޫސްވެރިންނާ ބައްދަލުކުރެއްވުން މާދަމާޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމެދު އިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ހާއްސަ ކޮމިޓީއެއްޚަބަރު | ދުވަހެއް ކުރިންޒަމާންތަކެއްގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ ސަބަބަކަށްވާނީ ދިވެހި ތާރީޚު: ރައީސްޚަބަރު | 2 ދުވަސް ކުރިން