logo
Bank of Maldives

Bank of Maldives

ޚަބަރު

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައިގައި ސީނިއަރ ސާޖެންޓެއް ހައްޔަރުކޮށްފި

ޢައްފާން މުޙައްމަދު
8 ޑިސެމްބަރު 2025 - 15:41
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައިގައި ސީނިއަރ ސާޖެންޓެއް ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި ސިނގިރޭޓޫ ކާޓޫނުތަކެއް ގެއްލުނު މައްސަލައިގައި، ފުލުހުންގެ ސީނިއަރ މަގާމެއްގައި ހުރި އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް، ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށް. މުނައްވަރު އާދަމް އަކީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއް ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައިކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ގެއްލިފައިވާ ސިނގިރޭޓޫ ކާޓޫނުތަކަކީ،  ބިދޭސީއެއްގެ އަތުން 2025 މެއި 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މި 32 ކާޓޫން ސިނގިރޭޓްގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައެވެ.

 މި ތަކެތީގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ޙަވާލުކުރުމަށް 2025 ނޮވެމްބަރު 12 ވަނަ ދުވަހު ބެލި އިރުގައިމަށް ފުލުހުން މައުލުމާތުދެއެވެ.

މައްސަލަ ތަހުގީގުކޮށް މައްސަލައިގައި ބައިވެރިވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައިގައި ސީނިއަރ ސާޖެންޓެއް ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއައު ފީޗަރސްތަކާއެކު ފުލުހުންގެ "ޕޮލިސް އެމްވީ" އަލުން އިފްތިތާޙުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންމިދިޔަ ހަފުތާގައި ސްކޭމްތަކުގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | 11 ގަޑިއިރު ކުރިން ޓޯވ އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 252 އުޅަނދެއް ޓޯވކޮށްފިޚަބަރު | ދުވަހެއް ކުރިން