logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖު، ޢުމްރާ ކޮންފަރެންސްއަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް

އާމިނަތު ޝަފާ
9 ޑިސެމްބަރު 2025 - 04:28
ޙައްޖު، ޢުމްރާ ކޮންފަރެންސްއަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް

މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ދެވަނަ ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް މިއަދު ވަޑައިގަންނަވައިފިއެވެ.

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސަޢުދީ ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ އާއި އެ ޖަމްޢިއްޔާގެ ބައެއް އިސް ބޭފުޅުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގައި އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންޑާރް ބިން ޢަބްދުﷲ އަލްރަޖްޙީ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި ރަސްމީކޮށް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތް ކުރުމާއި ޒުވާން ޚަޠީބުންނާއި ޙާފިޡުން އަދި އިމާމުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޙައްޖު އަދި ޢުމްރާ ކޮންފަރެންސްގައި މި ޖަމްޢިއްޔާގެ މަސައްކަތްތަކާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާނެއެވެ.

މިއަހަރުގެ ޙައްޖު އަދި ޢުމްރާ ކޮންފަރެންސް މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ކޮންފަރެންސްގައިވެސް ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކަކުން ބައިވެރިވެލައްވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް ނިންމައިފިޚަބަރު | 2 މަސް ކުރިންއިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފިޚަބަރު | 4 މަސް ކުރިންފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސްޚަބަރު | 4 މަސް ކުރިންޒިކުރާ މިސްކިތް ބިމުގައި ޒަމާނީ ރީތި މިސްކިތެއްޚަބަރު | 4 މަސް ކުރިން