logo
ޚަބަރު

ދެކުނު ކޮރެއާގެ ކުންފުންޏަކަށް 52 މިލިއަން ރުފިޔާ ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމެއް

އާމިނަތު ޝަފާ
4 އޮކްޓޯބަރު 2024 - 07:30
އެފްއޭއެމް އިމާރާތް// ފޮޓޯ: އައްޑޫ ލައިވް
އެފްއޭއެމް އިމާރާތް// ފޮޓޯ: އައްޑޫ ލައިވް

ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމުގައިވާ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑްއަށް 52 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ބުރާސްފަތިދުވަހު އިއްވި ހުކުމުގައިވަނީ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑްއަށް 3,382,000 (ތިން މިލިއަން ތިން ލައްކަ އައްޑިހަ ދެ ހާސް) ޑޮލަރު ނުވަތަ 52,150,440 (ފަންސާސް ދެ މިލިއަންް އެއް ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ) ދެއްކުމަށް އަމުރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފައިސާއަކީ 2021 ގެ މާރޗް މަހު ވިލިމާލެ އާއި ހުޅުމާލޭގައި ފުޓްބޯޅަ ދަނޑުތަކެއް ތަރައްޤީކޮށް ހުޅުމާލޭގައި ރީކޮންސްޓްރަކްޝަންގެ މަސައްކަތްތަކެއް ކުރުމަށް ދެ ފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދައްކަން ޖެހިފައިވާ އަދަދެކެވެ.

މައްސަލައިގައި ޓީކުއިން ކޮންސްޓްރަކްޝަނުން އެދިފައިވަނީ 5,911,200 (ފަސް މިލިއަން ނުވަ ލައްކަ އެގާރަ ހާސް ދުއިސައްތަ) ޑޮލަރު ނަގައިދިނުމަށެވެ.

މިހާރުވެސް މާލީ ގޮތުން އަނދަވަޅެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ ކުރީގެ އިސް ވެރިންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުން އަންނައިރު އެފްއޭއެމްގެ ފައިސާއިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް 2 އެޕާޓްމަންޓް ގަނެފައިވާކަމަށް ފުލުހުން ވަނީ މިފަހުން ބުނެފައެވެ. އަދި މިހާރު މި 2 އެޕާޓްމަންޓް މިމަހުގެ 6 ވަނަދުވަހުގެ ކުރިން ފުލުހުންނާއި ހަވާލުކުރުމަށް ކޯޓުވަނީ އަމުރުކޮށްފައެވެ.

ފުލުހުން މީގެ ކުރިން ބުނީ ބައްސާމް 2 އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. ބައްސާމް ހިޔާނާތްތެރިވެފައިވަނީ 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާއިންކަން އެނގިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ފައިސާއިން އެޕާޓްމަންޓް ގަތުމަށްފަހު ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އެފްއޭއެމްގެ ހިޔާނާތް ބައްސާމްގެ މައްޗަށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ޓީމުގެ ކޯޗުކަން މޯހަން އަށްކުޅިވަރު | 15 ދުވަސް ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެ މީހަކު ހޯދަނީ ޚަބަރު | 15 ދުވަސް ކުރިންފުޓްބޯޅައިގެ އަލިމަސް ޔޫބީލުގެ ލޯގޯއާއި ބްރޭންޑިން ފަރުމާކުރުމަށް ހުޅުވާލައިފި ކުޅިވަރު | 16 ދުވަސް ކުރިންރާއްޖޭގެ ފުޓުބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިކުޅިވަރު | 16 ދުވަސް ކުރިން