logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވިއަނުން ޢުމްރާގެ އަޅުކަމަށްދާ މީހުންނަށް ޚާއްސަ ދަތުރުތަކެއް ބާއްވަނީ

އައިޝަތު ނަޝާ
11 ޑިސެމްބަރު 2025 - 15:31
 މޯލްޑިވިއަނުން ޢުމްރާގެ އަޅުކަމަށްދާ މީހުންނަށް ޚާއްސަ ދަތުރުތަކެއް ބާއްވަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ޢުމްރާގެ އަޅުކަމަށްދާ މީހުންނަށް ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ، ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް، މާލެއިން ޖިއްދާއަށް ސީދާ ދަތުރުތަކެއް ކުރުމަށް ނިންމާފައިވާކަމަށާއި،މި ދަތުރުތަކަކީ ޢުމްރާއަށް ދިއުމަށް ރާވާފައިވާ ދިވެހިންނަށް ވަރަށް ފަސޭހަ ދަތުރުތަކެއްކަމަށްށެވެ.

މީގެއިތުރުން މާލެއިން ޖިއްދާއަށް ދަތުރުކުރުމަށް 3 ފްލައިޓެއް އޮޕަރޭޓްކުރާނެކަމަށާއި،އެގޮތުން ދަތުރުތައް ބާއްވާނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހުކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އަދިޖިއްދާއިން މާލެއަށް އައުމަށް ތިން ފްލައިޓެއް އޮޕަރޭޓު ކުރާއިރު ދަތުރުތައް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10، 11 އަދި 12 ވަނަ ދުވަހުގައިކަމަށް ވެސް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

 

 ޝެޑިއުލްގެ ސަބަބުން، ޢުމްރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ޖިއްދާގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ދަތުރުވެރިންނަށް ލިބިގެންދާނެކަމަށާއި، އަދިސްކޫލް ބަންދާ ދިމާކޮށް މި ދަތުރުތައް ހަމަޖައްސާފައިވުމުން، އާއިލާތަކަށް އެއްކޮށް ދަތުރުކުރުން އިތުރަށް ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މީގެއިތުރުން މޯލްޑިވިއަނުން ބުނެފައިވަނީ،ޢުމްރާއަށް ދިޔުމަށް ކުރާ ޚާއްސަ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 750 އެމެރިކާ ޑޮލަރުންކަމަށާއި، މީގެ ތެރޭގައި 45 ކިލޯގެ ބެގޭޖް އެލަވަންސެއް ހިމެނޭއިރު، މިއީ ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމެއްކަމަށެވެ.

މި އެލަވަންސްގެ ސަބަބުން، ޒަމްޒަމް ފެންފަދަ ހުއްދަ ތަކެއްޗާއެކު އެނބުރި އަންނަ ފަރާތްތަކަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާ މޯލްޑިވިއަނުން ބުނީ،މިކަމުގެ ސަބަބުން އެފަރާތްތަކުގެ ބޭނުންތަކަށް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށެވެ.

އުމްރާއަށް ޚާއްސަ ދަތުރުތަކުގެ އިތުރުން މޯލްޑިވިއަނުން ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީން ގެންދިއުމަށް ސަޢޫދީއަށް 2 ދަތުރުކޮށްފައެވެ. މީގެ އިތުރުން މޯލްޑިވިއަނުން ދަނީ އަހަރުގެ ބޮޑު ޗުއްޓީއާއި ދިމާކޮށް ދުނިޔޭގެ އެކި މަންޒިލްތަަކަށް ދަތުރުތައް ބާއްވަމުންނެއެވެ.

މޯލްޑިވިއަނުން ޢުމްރާގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައިއެވެ. މޯލްޑިވިއަނުން ޢުމްރާ ދަތުރުކުރަނީ އެ ކުންފުންޏަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަނުން ޢުމްރާގެ އަޅުކަމަށްދާ މީހުންނަށް ޚާއްސަ ދަތުރުތަކެއް ބާއްވަނީޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވިއަންއާއި އިތުރު ޖަމިއްޔާތަކެއް ގުޅިގެން ލަންކާއަށް 3.8 ޓަނުގެ އެހީ ފޮނުވައިފިޚަބަރު | 3 ދުވަސް ކުރިންމޯލްޑިވިއަންއާއި އިތުރު ޖަމިއްޔާތަކެއް ގުޅިގެން ލަންކާއަށް 3.8 ޓަނުގެ އެހީ ފޮނުވަނީ ވިޔަފާރި | 4 ދުވަސް ކުރިންމޯލްޑިވިއަނުން ޓްރިވެންޑަރަމާއި ކޮޗިންއަށް ހަފްތާއަކު ފަސް ދަތުރު ކުރަން ނިންމައިފިޚަބަރު | 18 ދުވަސް ކުރިން