logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފި

އިސްމާޢިލް ރާތިޢު
12 ފެބްރުއަރީ 2026 - 12:48
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އއ. ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފިއެވެ.

ތޮއްޑޫއަށް ސީޕްލޭން ދަތުރުތަށް ފެށުން ފާހަގަކުރުމަށް ތޮއްޑޫގައި ވަނީ ސަގާފީ ހަރަކާތްތަކާއެކު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވަނީ ބައިވެރިވެފައެވެ. އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އިސްބޭފުޅުން އަދި ތޮއްޑޫގެ ކައުންސިލްގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުގެ ތެރެއިން ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށެވެ.

ސަލީމް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށަށް އެކި ބޭނުންތަކުގައި ކަނޑުމަގުން ދަތުރުކުން ވެފައިވަނީ ވަރަށް ބޮޑު ތަކުލީފަކަށްކަމަށެވެ. އެހެންނަމަވެސް މި ފެށުނު ދަތުރުތަކާއެކު މިކަމަށް ހައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ތޮއްޑޫއަށް މިފެށި ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެކަމަށެވެ. އަދި ޑިމާންޑު އިތުރުވާނަމަ ދަތުރުތައް އިތުރުކުރާނެކަމަށް ސަލީމް ވިދާަޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަތުރުތައް ފެށުމަށް ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް ތޮއްޑޫ ކައުންސިލް އިދާރާގައި ޗެކް-އިން ކުރުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. މޯލްޑިވިއަންއިން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެދުވަހުއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަނުން ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، ދިވެހިންނަށް ޚާއްސަ ފެއަރ އެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 799 ރުފިޔާއަށް ލިބޭނެއެވެ.

މޯލްޑިވިއަނުން ވިދާޅުވީ ސީޕްލޭންގެ ޚިދުމަތް އިތުރު ރިސޯޓުތަކަށް ފެށުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެގޮތުން އިތުރު ބޯޓުތައް ހޯދާ ރިސޯޓުތަކަށް ކުރާ ދަތުރުތައް އިތުރުކުރާނެކަމަށް ކުންފުނިން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންވައިގެ މަގުން ދެކުނުގެ 4 އަތޮޅެއް ގުޅާލައިފިޚަބަރު | 13 ދުވަސް ކުރިން"އެތެރޭގެ އުދުހުންތަކުގެ އަގު ކަނޑައަޅަނީ ރައްޔިތުންނަށް ލުއިވާނެ ގޮތަށް"ޚަބަރު | 19 ދުވަސް ކުރިންމޯލްޑިވިއަނުން އަލުން ބަންގްލަދޭޝްއަށް ދަތުރުތައް ފަށަނީޚަބަރު | މަހެއް ކުރިން