logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ފޭސް 3 ހިއްކުމުގެ 47.6 އިންސައްތަ މަސައްކަތް ނިންމާލައިފި

އާމިނަތު ޝަފާ
12 ޑިސެމްބަރު 2025 - 12:39
ހުޅުމާލެ ފޭސް 3 ހިއްކުމުގެ 47.6 އިންސައްތަ މަސައްކަތް ނިންމާލައިފި

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ 47.6 އިންސައްތަ މަސައްކަތް މިހާރު ނިންމާލާފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް- އެމްއޭސީއެލް އިން ބުނެފިއެވެ.

ހުޅުމާލެ ފޭސް 3 ހިމެނޭގޮތަށް މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދަނީ އެމްއޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް އެމްއޭސީއެލްއިން ބުނީ މިހާތަނަށް އައިއިރު މި މަސައްކަތުގެ ދަށުން ހިއްކަންޖެހޭ ބައިގެ 47.6 އިންސައްތަ ހިއްކާފައިވާކަމަށެވެ. އެއީ 30 ހެކްޓަރުގެ ބިމެވެ. މުޅި މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހުއްޓިފައި އޮތުމަށްފަހު ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތުގެ ދުވެލި އަވަސްކުރުމަށް ދެ ޑްރެޖަރު ވަނީ ބޭނުންކުރަން ފަށާފައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެމްއޭސީއެލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒުޚަބަރު | 17 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | 2 ދުވަސް ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | 3 ދުވަސް ކުރިން