logo
MPL

MPL

ޚަބަރު

ގިނަ ބައެއްގެ ޝަކުވާއާއެކު، ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑް ބްރޭކަރުތައް ނަގައިފި

އައިޝަތު ނަޝާ
12 ޑިސެމްބަރު 2025 - 12:47
ގިނަ ބައެއްގެ ޝަކުވާއާއެކު، ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑް ބްރޭކަރުތައް ނަގައިފި

ރައްޔިތުންގެ އެދުނުގޮތަށް،ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީން) ހުޅުމާލޭގައި މަގުތަކުގައި ހަރުކުރި މެޓަލް ސްޕީޑް ބްރޭކަރުތައް ނަގައިފިއެވެ.

ހުޅުމާލޭގެ މަގުތަކުގައި މެޓަލް ސްޕީޑް ބްރޭކަރު ހަރުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މެޓަލް ސްޕީޑް ބްރޭކަރުތައް ހަރުކުރަން އޭރު އެޗްޑީސީން ނިންމާފަވަނީ، ޤަވާއިދަށްވުރެ ބާރަށް އުޅަނދުތައް ދުއްވައި، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމާއި ގުޅިގެން، ހުޅުމާލޭގެ މަގުތަކާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގައިވެސް މެޓަލް ސްޕީޑް ބްރޭކަރުތައް ހަރުކޮށްފައިވެއެވެ.

އުސްކޮށް ވަރަށް ހަނިކޮށް ހުންނަ މި ސްޕީޑް ބްރޭކަރުތަކުގެ މަތިން ވެހިކަލް ދުއްވާއިރު، ވަރަށް ދަތިވާކަމަށް ގިނަ ބަޔަކު ޝަކުވާތައް ކުރަމުންދިޔައެވެ. ސޯޝަލް މީޑިއާގައިވެސް އަދި ބައެއް ބައްދަލުވުންތަކުގައިވެސް މިކަމުގެ ޝަކުވާ ހުށައަޅަމުން އައިސްފައިވެއެވެ.

އާއްމުންގެ ޝަކުވާތަކަށް ބަލާ އަދި މަގުތަކުގެ ރައްކާތެރިކަމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކާއެކު، މިހާރު މިވަނީ ހުޅުމާލެ މަގުތަކުގައި ހުރި މެޓަލް ސްޕީޑް ބްރޭކަރުތައް ނަގާފައެވެ.

މާލެ ސަރަޙައްދުގައި މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުންވެސް ގިނަ އިންތިޒާމްތަކެއް ދަނީ ހަމަޖައްސަމުންނެވެ. ގިނަ ސަރަޙައްދުތަކުގައި އަބަދުވެސް ފުލުހުން ޤާއިމުވެ ތިބެ ބެލެހެއްޓުމާއި، މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ އިތުރަށް، ތާފާތު ޓްރެފިކް އޮޕަރޭޝަންތައް ކުރިއަށްގެންދިއުންވެސް ހިމެނެއެވެ.

އަދި މަގުތައް ބޭނުންކުރުމާއި ޓްރެފިކް ޤަވާއިދުތަކަށް އަޙުލުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާން ދޯދި ޓަވަރުތައް ކައިރި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިޚަބަރު | 10 ދުވަސް ކުރިންލަކުޑިޖެޓީގެ މަރާމާތް އަވަސްކޮށް ވީއެންމެ އަވަހަކަށް ހުޅުވާލާނަން: އެޗްޑީސީޚަބަރު | 16 ދުވަސް ކުރިން ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިއްޖެ!ޚަބަރު | 18 ދުވަސް ކުރިންމިނިވަން ދުވަހުގެ އުފަލުގައި ހުޅުމާލޭގައި ކާނިވަލެއް ބާއްވަނީޚަބަރު | މަހެއް ކުރިން