logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

މެސީގެ ދުނިޔޭގައި ހުރި އެންމެ ބޮޑު ސްޓެޗޫ އިންޑިޔާގެ ކޮލްކަތާގައި ހުޅުވަން ތައްޔާރުވެއްޖެ

އަބްދުﷲ ޣާނިމް
12 ޑިސެމްބަރު 2025 - 14:35
މެސީގެ ދުނިޔޭގައި ހުރި އެންމެ ބޮޑު ސްޓެޗޫ އިންޑިޔާގެ ކޮލްކަތާގައި ހުޅުވަން ތައްޔާރުވެއްޖެ

ކޮލްކަތާގެ ލޭކް ޓައުންގައި، އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ 70 ފޫޓުގެ ދަގަނޑު ބުދެއް ހަދައި ނިމިއްޖެއެވެ. މި ބުދަކީ މެސީގެ ދުނިޔޭގެ އެންމެ ބޮޑު ބުދު ކަމަށް ވެސް ބުނެފައިވެއެވެ. މި ބުދު ހަދާފައިވަނީ ކޮލްކަތާގެ ސްރީ ބޫމީ ސްޕޯޓިން ކްލަބުންނެވެ.

މި ބުދުގައި މެސީ ފެންނަނީ ފީފާ ވޯލްޑް ކަޕް ޓްރޮފީ ހިފައިގެން ހުއްޓައެވެ. މިހާރު ދަނީ ބުދުގެ އެންމެ ފަހުގެ ކަންތައްތައް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. މޮންޓީ ޕޯލްގެ ޓީމަކުން ދަނީ މި މަސައްކަތްތައް ކުރަމުން. އަދި ބުދު ވަށައިގެންވާ ސަރަހައްދު ވެސް ދަނީ ތައްޔާރު ކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެސްޓް ބެންގާލްގެ މިނިސްޓަރު އަދި ސްރީ ބޫމީ ސްޕޯޓިން ކްލަބްގެ ރައީސް ސުޖިތު ބޯސް ވިދާޅުވީ، މި ބުދު 40 ދުވަސް ތެރޭގައި ހަދައި ނިމިފައިވާ ކަމަށެވެ. އޭނާ އޭއެންއައި އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، "މިއީ ވަރަށް ބޮޑު ބުދެއް، 70 ފޫޓު އުސް. މެސީގެ މިހާ ބޮޑު އެހެން ބުދެއް ދުނިޔޭގައި ނެތް. މެސީ ކޮލްކަތާއަށް އަންނައިރު، މެސީގެ ވަރަށް ގިނަ ފޭނުން އެބަތިބި."

ބޯސް އިތުރަށް ވިދާޅުވީ، މީގެ ކުރިން ވެސް ފުޓްބޯޅައިގެ ތާރީޚީ ކުޅުންތެރިން ކޮލްކަތާއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޑިއޭގޯ މަރަޑޯނާ، އެމިލިއާނޯ މާޓިނޭޒް، އަދި ބްރެޒިލްގެ ރޮނާލްޑީނިއޯ (ގައުޗޯ) ވެސް ވަނީ މި ސަރަހައްދަށް އައިސްފައެވެ. އަދި ވިދާޅުވިއެވެ، "މި ބުދު އަޅުގަނޑުމެން ހެދީ 40 ދުވަސް ތެރޭގައި. މޮންޓީ ޕޯލް މިއީ ތައްޔާރުކުރީ. މީހުން ބުނަމުން ދިޔައީ މަރަޑޯނާގެ ބުދެއް ހުންނައިރު، މެސީގެ ބުދެއް ނުހުންނާނީ ކީއްވެގެންތޯ."

މި ބުދު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މެސީ އޭނާގެ 'ގޯޓް ޓޫރ' ގެ ދަށުން ޑިސެމްބަރު 13 ވަނަ ދުވަހު ކޮލްކަތާއަށް އަންނަ ދުވަހުއެވެ. މި ބުދަކީ މެސީގެ ފުޓްބޯޅަ ކެރިއަރަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ، ވޯލްޑް ކަޕް ހަނދާންކޮށްދޭނެ އެއްޗެއް ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުތުރުއެމެރިކާ ޗެންޕިއަންސް ލީގުގެ ފުރަތަމަ ބުރުން މެސީގެ މަޔާމީ ކަޓައިފިކުޅިވަރު | 13 ދުވަސް ކުރިންމެސީ ބޭރުކުރި ލަޕޯޓާއަށް އަނެއްކާވެސް ބާސެލޯނާގެ ރައީސްކަންދީފިކުޅިވަރު | 16 ދުވަސް ކުރިންމެސީއާއި ޔަމާލުގެ ސަޕޯޓަރުންނަށް ހިތްދަތި ޚަބަރެއް، ފައިނަލީސިމާ ކެންސަލްކުޅިވަރު | 16 ދުވަސް ކުރިންމެސީ ބާސެލޯނާއަށް އެނބުރިއައުން ހުއްޓުވީ ލަޕޯޓާ - ބާސެލޯނާގެ ކުރީގެ ކޯޗު ޒަވީކުޅިވަރު | 23 ދުވަސް ކުރިން