logo
Bank of Maldives

Bank of Maldives

ޚަބަރު

ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޑިސެމްބަރު 2025 - 05:50
ދުވާފަރު ބަނދަރު މަޝްރޫޢު ފެށުން، ފޮޓޯ: ދައުލަތުގެ މީޑިއާ
ދުވާފަރު ބަނދަރު މަޝްރޫޢު ފެށުން، ފޮޓޯ: ދައުލަތުގެ މީޑިއާ

ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. މި މަސައްކަތް ފެށުމާއެކު، ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މި ދަތުރުފުޅަކީ ދުވާފަރުގެ ތަރައްޤީއަށް ހިންގާ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށުމާއި، ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގާ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައްވެސް ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެޗްޑީ ސްކޮލަޝިޕާއި ބޮޑެތި އިނާމުތަކާއެކު ޤައުމީ ޤުރުއާން މުބާރާތުގެ ވަނަތައް ހަވާލުކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންރާއްޖެއާއި ޗައިނާގެ އެކުވެރިކަމަކީ މުސްތަޤުބަލުގެ ފާގަތިކަމަށް މަގުފަހިކޮށްދޭ ވަރުގަދަ ގުޅުމެއް: ރައިސް ޚަބަރު | 16 ގަޑިއިރު ކުރިންއިންޑިއާގެ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވްވެއްޖެޚަބަރު | 19 ގަޑިއިރު ކުރިންރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | ދުވަހެއް ކުރިން