logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ދުވާފަރު ދަތުރުފުޅު: ރަށަށް އައި މަޝްރޫޢުތަކުގެ ޢީދެއް

ޢައްފާން މުޙައްމަދު
13 ޑިސެމްބަރު 2025 - 06:27
ރައީސްގެ ދުވާފަރު ދަތުރުފުޅު: ރަށަށް އައި މަޝްރޫޢުތަކުގެ ޢީދެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު، ރ. ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފިއެވެ.

ދުވާފަރަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުަރއްވާ ދަތުރުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި މިއަދު ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް، (އެމްއައިބީ) ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފައެވެ. ދުވާފަރުގައި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ފެށުމަށް އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

big_pQfOKbOQJf6POhEbluO9fsOje.jpg



ދުވާފަރުގައި ޤާއިމްކޮށްފައިވާ އެމްއައިބީ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެމްއައިބީން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ.

big_l12EZDNX8ODpMnPFtpXPBuJsh.jpg

 

މީގެއިތުރުން، ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މި ދަތުރުފުޅުގެ ތެރެއިން ހުޅުވައިދެއްވާފައެވެ.

big_zgA6XuO3oYxTossySkdE58BHG.jpg

 

އެރަށުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވާފައިވަނީ ވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީއާއެވެ.

undefined

ދުވާފަރު ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފެށުން، ފޮޓޯ: ދައުލަތުގެ މީޑިއާ

 

އަދި ރ. ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ވެސް މި ދަތުރުފުޅުގެ ތެރެއިންނެވެ.

big_u6PhkXNTUuC1U4enjV0aiB3RJ.jpg

 

ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް މި ދަތުރުފުޅުގެ ތެރެއިން ވަނީ ސޮއިކޮށްފައެވެ. ދުވާފަރުގައި 50 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކޮށްގެނެވެ.

big_OFUhmHI9OLB1zwtdLd6N8dwqt.jpg

 

ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ.

ދުވާފަރުގައި ދެން ފެށި މަޝްރޫޢުއަކީ  ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއެވެ.

big_gfH0CcM0Z8Fc5PD7JMp6VzGUl.jpg

 

ރައީސްގެ މި ދަތުރުފުޅުގައި ދުވާފަރުގައި  ގާއިމުކުރުމަށް ހަމަޖެހިފައިވާ ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް، މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ވެސް ވަނީ ހަވާލުކޮށްފައެވެ.

މި ސްޕޯޓްސް ކޮމްޕްލެކްސް ވެގެންދާނީ އެ ސަރަހައްދުގެ އެކި ކުޅިވަރު މުބާރާތްތައް ބޭއްވުމަށާއި ކުޅިވަރުތައް އިތުރަށް ތަރައްޤީކުރުމަށް އެޅިގެންދާ ސަރަހައްދީ ކުޅިވަރު ހަބަކަށެވެ. އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭގޮތަށް ތަރަައްޤީކުރާ މި ސްޕޯޓްސް ކޮމްޕްލެކްސްއަކީ ހޭންޑްބޯޅައާއި ނެޓްބޯޅަ އާއި ވޮލީ ބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ތަނެކެވެ.

big_8xgeOEKBpjG9fofJmq8hj8jQ3.jpg

 

މީގެއިތުރުން، ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ވެސް މިއަދު ވަނީ ފަށާފައެވެ.

އެރަށުގައި ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

4000 މީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމާއެކު އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

big_270LClD7xSKgSyaej3gifUgrt.jpg



ރާއްޖޭގެ މީހުން ދިރިއުޅޭ އާބާދީގެ ގޮތުން ބޮޑެތި ރަށްރަށާއި ސިޓީތަކުގައި ބަހުގެ ޚިދުމަތް މިހާރުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން،ރ. ދުވާފަރުފައި "އިރުން ހަކަތަ"ގެ ނަމުގައި އިޔާދަކުރަވި ހަކަތައިގެ މުހިންމު މަޝްރޫޢެއް ވެސް ވަނީ ފައްޓަވައިދެއްވާފައެވެ.

މި މަޝްރޫއު ފެށުމަށްޓަކާ އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. "އިރުން ހަކަތަ" މި މަޝްރޫޢު ފަށްޓައިވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ އެމްޑަބްލިއުއެސްއީއިންއެވެ.

big_p8H7e56aXDjF7mrsQk0Hlv7hW.jpg



މި މަޝްރޫއަކީ ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ 2026 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެވެ. މި މަސައްކަތާއެކު ދުވާފަރުގެ ގޭބީސީތަކަށް ހިޔާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓު ބިލް ކުޑަކުރުމަށް މަގު ފަހިވާނެއެވެ. އަދި ޑީސަލް އަންދާ މިންވަރު މަދުކުރުމާއި ޖައްވަށް ބޭރުކުރާ ދުމުން ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެދޭނެއެވެ.

މި މަޝްރޫއު އިފްތިތާހުކުރުމާއެކު ދުވާފަރުގެ ގޭބީސީތަކުގައި ސޯލަރ ޕެނަލް ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް އެދި ހުށައަޅާ "އިރުން ހަކަތަ" ޕޯޓަލްވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ޤައުމީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ރ. ދުވާފަރަށް ވަޑައިގެންނެވިއިރު ރައީސްގެ ދެކަނބަލުންނަށް އެ ރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ދުވާފަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، ވަޒީރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ ހޫނު މަރުޙާބާއެއް ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށްޓަކާ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ޖަމާވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދޭ ފުރަތަމަ ޝެޑް، ދުވާފަރުގައި ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ ދުވާފަރު ދަތުރުފުޅު: ރަށަށް އައި މަޝްރޫޢުތަކުގެ ޢީދެއްޚަބަރު | 2 ގަޑިއިރު ކުރިންދުވާފަރު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިން