logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދޭ ފުރަތަމަ ޝެޑް، ދުވާފަރުގައި ހުޅުވައިފި

ޢައްފާން މުޙައްމަދު
13 ޑިސެމްބަރު 2025 - 07:07
މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދޭ ފުރަތަމަ ޝެޑް، ދުވާފަރުގައި ހުޅުވައިފި

ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ފުރަތަމަ ޝެޑު، ރ. ދުވާފަރުގައި ހުޅުވައިފިއެވެ.

މި ޝެޑު ހުޅުވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރ. ދުވާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ. ޝެޑު ހުޅުވައިދެއްވީ ރައީސް ޑރ. މުއިއްޒުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޮޑު ކަންނެލީގެ މަސްވެރިން މި މަހުގެ 10 ވަނަ ދުވަހު ފެށި އިހުތިޖާޖާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ، އަގުހެޔޮކޮށް ތެޔޮ ލިބުން ދަތިވުމުގެ ކަންބޮޑުވުމަކީ މަސްވެރިން ފާޅުކުރާ ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި، އެކަމަށް ވަރަށް އަވަސް ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭގެއިތުރުން ވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކޮންމެ އަތޮޅެއްގައިވެސް، މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ ވަޢުދެކެވެ.

މަސްވެރިންގެ މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމުގެ އަމަލީ މަސައްކަތުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ދުވާފަރުގައި ޝެޑެއް ގާއިމްކޮށް ހުޅުވިއިރު، މަސްވެރިން މަސް ކިރުވުމަށްފަހު ފައިސާ ލިބުން ލަސްވުމުގެ މައްސަލައަށް ސަރުކާރުން ވަނީ ޖުމްލަ ހައްލެއް ގެނެސްދީފައެވެ. އެގޮތުން މީގެކުރިން މަސްކިރުވުމަށްފަހު އެތައް ދުވަހެއް ވަންދެން ފައިސާ ނުލިބި އޮތްއޮތުން ނިމުމަކަށް ގެނުވައި، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ފަށާފައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން ގަންނަ މަހަށް 48ގަޑިއިރުން ފައިސާ ދައްކަން ފެށިފަހުން މިހާތަނަށް ޖަމާކުރި އަދަދު ބިލިއަނަކާ ގާތަށް އަރާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މިފްކޯގެ ފެސިލިޓީތަކަށާއި، ކެރިއަރުތަކުން މަސްވެރިން އަތުން ގަންނަ މަހަށް، މަސް ކިރާތާ 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މަސްވެރިންނަށް 48 ގަޑިއިރުން ފައިސާ ދޫކުރަން ފެށީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މަސްވެރިންނަށް ފައިސާ ދޫކުރަނީ މިފްކޯއާއި، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އާއި މާލީ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދޭ ފުރަތަމަ ޝެޑް، ދުވާފަރުގައި ހުޅުވައިފިޚަބަރު | 2 ގަޑިއިރު ކުރިންރައީސްގެ ދުވާފަރު ދަތުރުފުޅު: ރަށަށް އައި މަޝްރޫޢުތަކުގެ ޢީދެއްޚަބަރު | 3 ގަޑިއިރު ކުރިންދުވާފަރު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިން