logo
MPL

MPL

ޚަބަރު

ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

އައިޝަތު ނަޝާ
13 ޑިސެމްބަރު 2025 - 09:58
ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ. މި އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަަނީ އެ އިމާރާތް ބައްލަވާލައްވާފައެވެ.

ދުވާފަރުގެ ޞިއްޙީ މަރުކަޒު އައު އިމާރާތާއެކު ކުރިން ނުލިބޭ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދޭނެ ޒަމާނީ އިމަރޖެންސީ ރޫމަކާއި އެކްސްރޭގެ ޚިދުމަތާއި ދަތުގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ.

މީގެ އިތުރުން އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ޤާއިމްވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަތޮޅުތެރެއިން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް މާލެ އައުން ނިމުމަކަށް ގެނެސް އަތޮޅު ތެރޭގެ ހޮސްޕިޓަލްތައް ތަކުން ބޭސްފަރުވާގެ ޚިދުމަތް އެންމެ އެކަށޭނަ ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޞިއްޙީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހޮސްޕިޓަލްތަކުގައި ގިނަ ޚިދުމަތްތައް އަންނަނީ ތައާރަފްކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 11 ގަޑިއިރު ކުރިންކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | 11 ގަޑިއިރު ކުރިންޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | ދުވަހެއް ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | ދުވަހެއް ކުރިން