logo
Bank of Maldives

Bank of Maldives

ޚަބަރު

ދާރުއްނޫރު ވަޤްފު އިމާރާތް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

އާމިނަތު ޝަފާ
15 ޑިސެމްބަރު 2025 - 04:49
ޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން//
ޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން//

މާލޭގައި އިމާރާތްކުރާ ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.

ވުޒާރާއިން ކުރި އިއުލާނުގައި ބުނީ މާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުއްނޫރު ވަޤްފު ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.  

Ad by Hajj Corporation

Ad by Hajj Corporation

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅޭނެއެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

އިއުލާނުގައިވާގޮތުން ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 17  ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އިއުލާނުގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 24 ވާ ބުދަ ދުވަހުގެ 10:00 އާ ހަމައަށެވެ.

މާލޭގައި އިމާރާތްކުރާ ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދާއިރު ހުޅުމާލޭގައި ޢިމާރާތް ކުރާ ދާރުއްސަލާމް ވަޤްފް ޢިމާރާތުގެ ބިންގާ މިހާރުވަނީ އަޅާފައެވެ.

ވިހިހާސް އަކަފޫޓުގެ ސަރަހައްދެއްގައި، އާރް.ސީ.ސީ އާ ހަވާލުކޮށްގެން ތަރައްޤީކުރާ 12 ފަންގިފިލާގެ މި މަޝްރޫޢަކީ، 244.5 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. ޢިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެއަހަރުދުވަހުގެ ތެރޭގައެވެ.

ރާއްޖޭގައި ޤާއިމުކުރާ މި ފަދަ ދެވަނަ ވަޤުފް އިމާރާތް، ދާރުލް އަރްޤަމްގެ ބިންގާ އަޅުއްވާފައިވަނީ 2025 ނޮވެންބަރު 20 ވަނަ ދުވަހުއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުންވެސް، ރާއްޖޭގެ އެންމެ އާބާދީބޮޑެތި ސަރަހައްދުތައް ކަމަށްވާ އައްޑޫއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވަފާއެވެ. އަދި މި ވަޤުފް އިމާރާތްތަކުން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ވަޙުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދާރުއްނޫރު ވަޤްފު އިމާރާތް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީޚަބަރު | 15 ގަޑިއިރު ކުރިންޙައްޖު ޢުމްރާ ކޮންފަރެންސް ކާމިޔާބުކަމާ އެކީ ނިންމާލައިފިޚަބަރު | 4 ދުވަސް ކުރިންޙައްޖު، ޢުމްރާ ކޮންފަރެންސްއަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެއަށް ޚަބަރު | 7 ދުވަސް ކުރިންިުއިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު 2025" ފަށައިފިޚަބަރު | 10 ދުވަސް ކުރިން