logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓް އަދި ރިސްކް މެނޭޖްމަންޓު ހަރުދަނާކުރަން އަންގައިފި

އިސްމާޢިލް ރާތިޢު
16 ޑިސެމްބަރު 2025 - 10:26
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓް އަދި ރިސްކް މެނޭޖްމަންޓު ހަރުދަނާކުރަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާރނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީން ބުނީ މިގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާ ގުޅޭގޮތުން ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާއިން ކަމަށެވެ.


ޕީސީބީގެ ބޯޑުން ނިންމާފައިވަނީ ކުންފުނީގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުގެ ތެރޭގައި އެކުލަވާލެވިފައިވާކަން ކަށަވަރުކުރުމަށާއި، އެގޮތަށް އެކުލަވާލެވިފައި ނުވާނަމަ ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް އެންގުމަށެވެ.

ކުންފުނީގެ އެތެރޭގެ އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހަދާ، އެ ފަންކްޝަނަށް ބޭނުންވާ އެންމެ އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރުކުރުމަށާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މުވައްޒަފުން ހޯދަންޖެހޭ ހާލަތްތަކުގައިވެސް މެނޭޖްމަންޓް މުވައްޒަފުންނަށްވުރެ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް ޕީސީބީން އަންގާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން 'އޮޑިޓް އަދި ރިސްކް ކޮމިޓީ'ގެ ނަމަށް ބަދަލުކޮށްފައިވާކަން ކަށަވަރުކުރުމާއި އެގޮތަށް އަމަލު ކޮށްފައިނުވާނަމަ ވީ އެންމެ އަވަހަކަށް މި ބަދަލުގެނައުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕީސީބީގެ ބޯޑުން އަންގާ އެންގުންތަކާއި އުސޫލުތަކާއި ގައިޑްލައިންތަކަށް ކުންފުނިން އަމަލުކުރާވަރު ދެނެ ގަނެ، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ރިވިއުއެއް ހަދައި ކުންފުނީގެ ބޯޑަށް، ނުވަތަ ކަމާއި ބެހޭ ބޯޑުގެ ކޮމިޓީއަށް ކުންފުނީގެ އިންޓާރނަލް އޮޑިޓުން ހުށަހަޅާ، އިސްލާހުކުރަންޖެހޭ ކަންތައްތައްތަކާއި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް ހިމެނޭހެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމްއެއް ކުންފުނީގެ އެތެރޭގައި ގާއިމުކުރުމަށް ޕީސީބީން ކުންފުނިތަކަށް އަންގާފައިވެއެވެ.

މިކަންކަމުގެ ތެރެއިން ކުންފުނިތަކުން ބަދަލުގެންނަންޖެހޭ ކަންކަން ބަދަލުކުރުމަށް ޕީސީބީން ވަނީ 31 ޖެނަވަރީ 2026 އާ ހަމައަށް މުހުލަތި ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓް އަދި ރިސްކް މެނޭޖްމަންޓު ހަރުދަނާކުރަން އަންގައިފިޚަބަރު | 9 ގަޑިއިރު ކުރިންސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކޮށް ބޯޑް ޗެއަރ އަދި މެންބަރުންގެ އިނާޔަތްތައް ކަނޑައަޅާ އުސޫލު އިސްލާހުކޮށްފިޚަބަރު | 9 ދުވަސް ކުރިންއެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން ޚަބަރު | 7 މަސް ކުރިންޕީސީބީގެ ރައީސްކަމަށް އަނަސް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފިޚަބަރު | 8 މަސް ކުރިން