logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުގެ ކުންފުނިތަކުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީ އިން އަންގައިފި

މުޙައްމަދު އަފްރާޙް
9 އޭޕްރީލު 2026 - 07:16
ދައުލަތުގެ ކުންފުނިތަކުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީ އިން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

މިއީ މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި އެޅުމަށް ނިންމި ފިޔަވަޅުތަކެކެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ވެސް އެ ކޯޕަރޭޝަނުން ވަނީ ޚަރަދުކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް އަންގާ ސަރކިއުލަރއެއް ފޮނުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރކިއުލަރ އަށް އިތުރު އިސްލާހުތައް ގެނައުމަށްފަހު، އޭޕްރިލް 9 ގައި ސަރުކާރު ކުންފުނިތަކަކަށާއި އެ ކުންފުނިތަކުގެ ސަބްސިޑަރީތަކަށްވަނީ އައު ސާކިއުލާއެއް ފޮނުވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، ޕީސީބީން އެންގި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރުމަށް އަންގާފައެވެ. އަދި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ އިތުރުގަޑީގައި ނުކުރުވުމަށް ވެސް އަންގާފައިވެއެވެ.

މީގެއިތުރުން މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް މަޑުޖައްސާލުމަށާއި އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއްގައި ނޫނީ އާ މުވައްޒަފުން ނުނެގުމަށްވެސް ވަނީ އަންގާފައެވެ. އަދި ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި މެނުވީ ނުކުރުމަށާއި، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ ބައްދަލުކުރުމަށް އޮންލައިން ވަސީލަތްތައް ބޭނުންކުރުމަށް ވަނީ އަންގާފައެވެ. ހަމަމިއާއެކު ރާއްޖެއިން ބޭރުގައި ހިންގާ ތަމްރީނު ޕްރޮގްރާމްތައް ހުއްޓާލައި، އޮންލައިންކޮށް އެފަދަ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އަންގާފައެވެ.

ޕީސީބީގެ އެންގުމުގައި ފެރީގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގައި ދަތުރުކުރުމަށް ފެރީ ބޭނުންކުރުމަށާއި ކުންފުނިތަކުގެ ކޭޝްފްލޯ ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށާއި، ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެއް ނޫނީ ނުބޭއްވުމަށް ވަނީ އަންގާފައެވެ. ހަފްލާތައް ބޭއްވުމުގައިވެސް އެހެން ކުންފުނިތަކުގެ ވަސީލަތްތައް ހިއްސާކޮށްގެން ޚަރަދު ކުޑަކުރުމަށް ވަނީ ބާރުއަޅާފައެވެ. އަދި ކުންފުންޏަށް ސީދާ މާލީ ފައިދާއެއް ނުލިބޭ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ބައިވެރިނުވުމަށްވެސް ވަނީ އަންގާފައެވެ.

ޕީސީބީގެ ސަރކިއުލަރގައި މެދުއިރުމަތީގެ މައްސަލައިގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހިދާނެ މާލީ ބުރަތަކަށް ރިއާޔަތްކޮށް، އިގްތިސާދީ ހިރާސްތައް ދިރާސާކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ކުންފުނިތައް ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ކަރަންޓު ޚަރަދު ކުޑަކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

ޕީސީބީން މިފަދަ އެންގުމެއް ފޮނުވާފައި މިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަތުވެދާނެ ބަދަލުތަކާއި އިގްތިސާދީ ނުތަނަވަސްކަމަށް ދުރާލައި ތައްޔާރުވުމުގެ ގޮތުންނެވެ. މިހާރުވެސް ދައުލަތުގެ ބައެއް ކުންފުނިތަކުން އަމިއްލައަށް އިސްނަގައިގެން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ކުންފުނިތަކުން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ޕީސީބީ އިން އަންގައިފި ޚަބަރު | 2 ގަޑިއިރު ކުރިންއެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ރިޝްވާން އިސްތިއުފާ ދެއްވައިފިޚަބަރު | 2 ދުވަސް ކުރިންގަވަރނަންސް ހަރުދަނާކުރަން ޕީސީބީގެ އައު މަގުޗާޓެއްޚަބަރު | މަހެއް ކުރިންސަރުކާރު ކުންފުނިތަކުން މިއަހަރު ފުރަތަމަ ކުއާޓާގައި 13.29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފި ވިޔަފާރި | 4 މަސް ކުރިން