logo
MPL

MPL

ކުޅިވަރު

މެސީ ހިންދޫދީނުގެ ބުދަށް އަޅުކަންކޮށްފި

އަބްދުﷲ ޣާނިމް
17 ޑިސެމްބަރު 2025 - 04:43
މެސީ ހިންދޫދީނުގެ ބުދަށް އަޅުކަންކޮށްފި

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، އަންނަންތު އަމްބާނީގެ ވެރިކަމުގެ ދަށުން ހިންގާ ޖަނަވާރުން ސަލާމަތްކޮށް، ބަލަހައްޓައި އަދި ރައްކާތެރިކުރުމުގެ މަރުކަޒު ކަމަށްވާ ވަންތަރާ އަށް ޚާއްސަ ޒިޔާރަތެއްކޮށް، އެތަނުގައިވާ ބުދުތަކަށް އަޅުކަންކޮށްފައިވާ ފޮޓޯތަކެއް އާންމުކޮށްފިއެވެ. އިންޑިޔާގެ ބިލިޔަނަރު އަންބާނީގެ ދަރިކަލުން އަނަންތް އަންބާނީ ހިންގާ މި މަރުކަޒުގައި ޒަމާނަށް ފެތޭ ސައިންސާއި، ޖަނަވާރުންގެ ހައްގުތަކަށް އިސްކަންދޭ އިންޑިއާގެ ދިގު ތާރީޚީ އާދަކާދަތައް އެއްތަނެއްގައި ދައްކުވައިދެއެވެ.

މިތަނަށް މެސީ ވަދެގެންދާއިރު، އެންމެ ފުރަތަމަ ފެނިގެންދަނީ އެތަނުގައި ހެދިފައިވާ ބުދުތަކަށް ކުރުނީސްކޮށް އަޅުކަންކުރާތަނެވެ. މެސީގެ މި ޒިޔާރަތުން އޭނާ ވަނީ ހިންދޫ ދީނުގެ އާދަކާދައިގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ، ޖަނަވާރުން ގާތުން ބައްލަވައި، އަދި އެތަނުގެ ކޮންސަވޭޝަން ޓީމުތަކާ ބައްދަލުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-12-17 094351.png

އިންޓަރ މިއާމީގެ ޓީމް ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒް އާއި ރޮޑްރިގޯ ޑި ޕޯލް އާއެކު މެސީ ވަޑައިގެންނެވިއިރު، އެތަނުން އޭނާ އަށް ވަނީ އާދަކާދައިގެ ބޮޑު މަރުޙަބާއެއް ކިޔާފައެވެ. އަދި އާޖެންޓީނާގެ މި ކުޅުންތެރިޔާ ވަނީ އެތަނުގެ ފައްޅީގައި ބޭއްވި 'މަހާ އާރަތީ' ގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި އަންބޭ މާތާ ޕޫޖާ، ގަނޭޝް ޕޫޖާ، ހަނުމާން ޕޫޖާ އަދި ޝިވް އަބިޝޭކް ހިމެނެއެވެ. މެސީ ވަނީ ދުނިޔޭގެ ސުލްޙަ މަސަލަސްކަމާއި އެއްބައިވަންތަކަމަށް އެދި ދުޢާކޮށްފައިކަމަށް ހިންދޫ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. މި

މީގެ ފަހުން މެސީ ވަނީ ވަންތަރާގެ ބޮޑު ކޮންސަވޭޝަން ނިޒާމުގެ ތެރޭގައި ހިމެނޭ ތަންތަން ބައްލަވާލައްވާފައެވެ. މިތަނުގައި ސަލާމަތްކުރެވިފައިވާ ބޮޑެތި ބުޅާ، އެތް، ހަރުފަ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެނެސް ބަލަހައްޓާ ކުދި ޖަނަވާރުން ވެސް ދިރިއުޅެއެވެ. މީގެ އިތުރުންވެސް އިންޑިއާ ދަތުރުގައި މެސީވަނީ ގްރީން އެނަރޖީ ކޮމްޕްލެކްސް އާއި، ދުނިޔޭގެ އެންމެ ބޮޑު ރިފައިނަރީ ކޮމްޕްލެކްސް އަށް ވެސް ޒިޔާރަތްކުރައްވާފައެވެ. މ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީގެ ހަނދާނުގައި 10 ނަންބަރު ރިޓަޔަރކުރުން ފީފާއިން ހުރަސްއަޅައިފިކުޅިވަރު | 4 ދުވަސް ކުރިންމެސީ ނުކިޔަވާ ޑޮކްޓަރުކަން ހޯދައިފިކުޅިވަރު | 4 ދުވަސް ކުރިންއިންޓަރ މަޔާމީއަށް ހޯދައިދިން ޗެންޕިއަންސް ކަޕާއެކު މެސީގެ ކެރިއަރުގައި ރެކޯޑް 48 ޓްރޮޕީ ހަމަކޮށްފިކުޅިވަރު | 19 ދުވަސް ކުރިން"މިފަހަރު ބެލަންޑޯ ލިބޭނީ މެސީއަށް" ކުޅިވަރު | 20 ދުވަސް ކުރިން