logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތިންވަނަ ޑިވިޝަނުގެ ކުލަބެއް އަތުން ހަނިގޮތަކަށް ސަލާމަތްވެ، ރެއާލް ކަޕްގެ ތިންވަނަ ބުރަށް

އަބްދުﷲ ޣާނިމް
18 ޑިސެމްބަރު 2025 - 04:30
ތިންވަނަ ޑިވިޝަނުގެ ކުލަބެއް އަތުން ހަނިގޮތަކަށް ސަލާމަތްވެ، ރެއާލް ކަޕްގެ ތިންވަނަ ބުރަށް

ރެއާލް މެޑްރިޑް ވަނީ ކޯޕާ ޑެލްރޭގެ ގަދަ 16 އިން ޖާގަހޯދައިފިއެވެ. ތިންވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ތަލަވޭރާއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުފަށައިގެން މެޑްރިޑުން ގިނައިރު ބޯޅަހިފަހަށްޓައި އިނދިކޮޅުޓީމުގެ ގޯލާއި އަމާޒުކޮށް ގިނަހަމަލާތަކެއް ފޮނުވާލިނަމަވެސް، ރެއާލް އަށް ގޯލެއް ޖެހޭވަރުވީ މެޗުގެ 41 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭއެވެ. އަދި ފުރަތަމަ ހާފުގެ ފަހުވަގުތުގައި ތަލަވޭރާއާ ގެ ކުޅުންތެރިއެއްގެއަތުން ބައިކޮޅަށް ވަނީ އިތުރުގޯލެއް ވަދެފައެވެ. މެޗު ނިމޭން 10 މިނެޓަށް ވެފައި ވަނިކޮށް ތަލަވޭރާއާ އިން ވަނީ ގޯލެއް ޖަހައި ރެއާލްއަށް ޕްރެޝަރުކުރަން ފަށާފައެވެ. މެޗުގެ 88 ވަނަ މިނެޓުގައި އެމްބާޕޭ ދުރުން ފޮނުވާލި ބޯޅައެއް ގޯލަށްވަދެގެން ރެއާލް އިން ލީޑު ފުޅާކުރިނަމަވެސް، މެޗުގެ ފަހުވަގުތުގައި އަނެއްކާވެސް ތަލަވޭރާއާ އިން ވަނީ އިތުރު ގޯލެއް ޖަހައި، މެޗުގެ ނަތީޖާ 3-2 އަށް ބަދަކުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ ގޯލާއެކު އެމްބާޕޭ ވަނީ 2025 ވަނަ އަހަރު ރެއާލް މެޑްރިޑަށް ހުރިހާ މުބާރާތަކުން 58 ގޯލު ޖަހާފައެވެ. 2013 ވަނަ އަހަރު ރޮނާލްޑޯ 59 ގޯލު ޖަހާފައިވާއިރު، އެއަށްވުރެ ގިނަ ގޯލު އެއް އަހަރެއްގައި ރެއާލް އަށް ޖަހާދީފައިވަނީ ރޮނާލްޑޯ އެކަންޏެވެ. ރޮނާލްޑޯގެ މިރެކޯޑް މުގުރާލުމަށްޓަކައި އެމްބާއްޕޭ އަށް މިއަހަރު ނިމުމުގެ ކުރިން ދެ މެޗު ކުޅެން ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެކުޅިވަރު | 3 ދުވަސް ކުރިންކަރުތާފެނުގައި އޮތް ރެއާލް ފަހުވަގުތު ކާޅެއް ހޮފައިފިކުޅިވަރު | 8 ދުވަސް ކުރިންޕެނަލްޓީއެއް ނުލިބި ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެ، ބާސާއަށް ލީގު ހަދިޔާކުރުމާއި ގާތަށްކުޅިވަރު | 12 ދުވަސް ކުރިންނަސްލީގޮތުން ދިމާކުރި ބެންފީކާއަށް ވިނީސިއަސްގެ ފަރާތުން ވަރުގަދަ ރަށްދެއްދީ މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | 17 ދުވަސް ކުރިން